މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. މާފުށީގައި 1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް، ޢީދުގެ ކުޅިވަރު ހަރަކާތްތައް ހިންގައިދޭނެ ފަރާތެއް ހޯދުން

 (IUL)337/337/2023/49 ނަންބަރު

އިޢުލާން

 

ކ. މާފުށީގައި 1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް، ޢީދުގެ ކުޅިވަރު ހަރަކާތްތައް ހިންގައިދޭނެ ފަރާތެއް ހޯދުން

 

 

ކ. މާފުށީގައި 1444 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ހުރިހާ އުމުރު ފުރައެއްގެ މީހުންނައް އަމާޒުކޮށްގެން ކުރިއަށްގެންދާ ޢީދުގެ ކުޅިވަރު ހަރަކާތްތައް އަމިއްލަ ތަކެތީގައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކްލަބް ޖަމިއްޔާތަކަށް ފުރުސަތު ހުޅުވާލަމެވެ.  އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަދި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް ބީލަން ރަޖިސްޓްރީ ކުރުމާއި، މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ސެޑިއުލް ކުރެވިފައިވާ ޢީދުގެ ހަރަކާތްތަކަށް އެސްޓިމޭޓް (އަންދާސީ ހިސާބު) ހުށައަޅުއްވަންވާނީ ބީއޯކިއު ފޯމެޓްގައި، ކޮންމެ ހަރަކާތަކަށް ވަކިން އަންދާސީ ހިސާބެއްގެ ގޮތުގައެވެ. އަންދާސީ ހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް މައުލޫމާތު ފޮނުވައިގެން ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ނަން ނޯޓްކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

 

ބީލަން ރަޖިސްޓްރީ ކުރުން:

05 ޖޫން 2023 ވަނަ ދުވަހުގެ 12:00 ގެކުރިން

މަޢުލޫމާތު ސާފުކުރުން:

30 މެއި 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހެޅުން:

05 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

28 މެއި 2023

28 މޭ 2023
ހޯދާ