ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ފަނޑިޔާރުކަމުގެ ވަޒީފާގެ ފުރުޞަތު

އިޢުލާން

ފަނޑިޔާރުކަމުގެ ވަޒީފާގެ ފުރުޞަތު:

ކޯޓް އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންގެ ހުސް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ފަނޑިޔާރުކަމަށް އައްޔަންކުރަން ކޮމިޝަނުން ކަނޑައަޅާ ފަރާތްތައް ޢައްޔަންކުރާނީ، ތިރީގައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާ މެޖިސްޓްރޭޓް ކޯޓަކަށެވެ.

ބޭނުންވާ އަދަދު

ބޭނުންވާ މަޤާމު

ބޭނުންވާ މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ހއ. ހޯރަފުށި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ހއ. ކެލާ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ހއ. މާރަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ހއ. ތަކަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ހދ. ކުރިނބީ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ށ. ކަނޑިތީމު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ށ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ށ. ބިލެތްފަހި މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ނ. މާޅެންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ނ. މާފަރު މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

އއ. ފެރިދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

އދ. ދަނގެތީ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

އދ. ފެންފުށީ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

މ. މުލީ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ފ. ބިލެތްދޫ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ތ. ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ތ. ތިމަރަފުށީ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ތ. ތިމަރަފުށީ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ތ. ކިނބިދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ލ. މާމެންދޫ މެޖިސްޓްރޭޓް  ކޯޓް

1

މެޖިސްޓްރޭޓް

ގއ. ދާންދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓް

1

މެޖިސްޓްރޭޓް

ގދ. ގައްދޫ މެޖިސްޓްރޭޓް  ކޯޓް

1

ކޯޓް އިސް މެޖިސްޓްރޭޓް

ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓް

2

މެޖިސްޓްރޭޓް

ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

މުސާރައާއި ޢިނާޔަތް

 

މެޖިސްޓްރޭޓް

ކޯޓް އިސްމެޖިސްޓްރޭޓް

އަސާސީ މުސާރަ

18,850 ރުފިޔާ

21,000 ރުފިޔާ

ލިވިންގ އެލަވަންސް

4,000 ރުފިޔާ

4,000 ރުފިޔާ

ރިސްކް އެލަވަންސް

600 ރުފިޔާ

600 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

އަޚްލާޤާއި ސުލޫކު

  1. މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން.
  2. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން.
  3. ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  6. ޤާނޫނުލް ޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި،  ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި އެ ޙުކުމް ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން.
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވުން.

އުމުރު

އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން.

ތަޢުލީމާއި ތަޖުރިބާ

އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި ނުވަތަ މެޖިސްޓްރޭޓް ކޯޓެއްގެ ލީގަލް އެސިސްޓެންޓްކަމުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު

ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ތައްގަނޑުޖަހާފައިވާ އަސްލު) (އެކްރެޑިޓޭޝަން ބޯޑުން ތައްގަނޑުޖަހާފައިވާ އަސްލާއި، ސެޓްފިކެޓްތަކުގެ އަސްލު ކޮމިޝަނުން ބަލަން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.)
  2. ވަނަވަރު.
  3. ވަނަވަރުގައި، ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް.
  4. ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ (މި ހުއްދަ ހުށަހަޅާނީ، ތަޖުރިބާގެ ބައިން ޤާނޫނީ ވަކީލުކަމުގެ ބައި ގުނޭ ފަރާތްތަކުންނެވެ.)
  5. ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް  (މި ލިޔުމުގައި، އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސްކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
  6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  7. އައިޑީ ކާޑުގެ ކޮޕީ.
  8. ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިޤްރާރު.
  9. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.
  10. ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަނުގެ ލިޔުން.
  11. ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއެކު ވަކިމުއްދަތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއްވާނަމަ، ބޮންޑުން ދޫކުރާނެކަމުގެ ލިޔުން.

ސުންގަޑި

2015 ފެބުރުވަރީ 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

ގަވާއިދު

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދާއި، 9 އޮކްޓޫބަރު 2013 ގައި ކޮމިޝަނުން އިޞްލާޙުކޮށްފައިވާ މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ، މި ކޮމިޝަނުގެ ވެބްސައިޓުން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު

 

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި، އިޢުލާނުގައި ބުނެފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ފޯމް ބަލައެއްނުގަނެވޭނެއެވެ.

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3303501 އެވެ. ފެކްސް ނަންބަރަކީ 3303504 އެވެ.  މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް އެދޭ ފޯމާއި އިޤަރާރު ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

1 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015
ހޯދާ