ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަންތަކަށް ބޭނުންވާ "ޓްރޯމާ އިމްޕްލާމްޓްސް" 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަންތަކަށް ބޭނުންވާ "ޓްރޯމާ އިމްޕްލާމްޓްސް" 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް( ތާރީޚް: (މުއްދަތު) – 25 މެއި 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 04 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް އީމެއިލް: [email protected] ފޯނު ނަންބަރ: 6583712 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ . ތާރީޙް: 08 ޖޫން 2023 ވާ ބުރާސްފަތި ދުވަސް ގަޑި: 13:00 (ހެދުނު) |
މިއިއުލާނާއި ގުޅޭ މައުލޫމާތު ސީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.