ދިވެހިރާއްޖެ
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ކޮޅުމަޑުލު އަތޮޅުކައުންސިލް ގުޅިގެން އަތޮޅުގައި ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ކޯހާ ބެހޭ މަޢުލޫމާތު:
ކޯހުގެ ނަން |
ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން |
މުއްދަތު |
3 މަސް |
ކިޔެވުން ފެށޭ ތާރީޚު |
ފެބުރުވަރީ 2015 |
ކިޔެވުން އޮންނަ ދުވަސްތައް |
ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބައިވެރިން ލިބޭގޮތަށް ބަލައި މިނޫން ދުވަސްތަކެއްގައި ކިޔަވައިދޭގޮތަށް ހަމަޖެއްސުމަކީ އެކަށީގެންވާކަމެއް) |
ބައިވެރިވުމުގެ ޝަރުޠު |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ޢުމުރުން 18 އަހަރުފުރި ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ކޯސް ބާއްވާ ތަން |
ތ. ވޭމަންޑޫ (ބައިވެރިން ލިބޭގޮތަށް ބަލައި އެހެން ރަށެއްގައި ބޭއްވުމަކީވެސް އެކަށީގެންވާކަމެއް) |
އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ |
ކައުންސިލް އިދާރާތަކުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް/ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާއިން، ނުވަތަ އަތޮޅުކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ. ވެބްސައިޓް އެޑްރެހަކީ thaa.gov.mv |
ހުށަހަޅަންވީ ތާރީޚު |
12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާއަށް ( މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ. މެއިލް އެޑްރެހަކީ [email protected] ، ފެކްސް ނަންބަރަކީ 6780042 ) |
ހުށަހަޅަންޖެހޭ ތަކެތި |
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން |
ކޯހުގެ ފީ |
-/2000 ރުފިޔާ ( އެއްފަހަރާ ނުވަތަ އެކިފަހަރު މަތިން ދެއްކިދާނެ ) |
ކޯހުގެ ބައިވެރިން ހޮވުން |
ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން. |
އިތުރު މަޢުލޫމާތު |
ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9969609 ނަންބަރު ފޯނަށް |
ވީމާ މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
29 ރަބީޢުލްއައްވަލް 1436