މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

             ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ފާސްކުރެވިފައިވާ ސަރަޙައްދުން 3000 އަކަފޫޓުގެ 51  ގޯތި ދޫކުރުމަށް އެކުލަވާލެވިފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2023" އިސްލާޙުކޮށް ގޯއްޗަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

             ގޯއްޗަށް އެދޭ ފޯމު ދޫކޮށް ބަލައިގަންނާނީ 28 މެއި 2023 ން ފެށިގެން  5 ޖޫން 2023 އަށް ބަންދު ނޫން ކޮންމެ ދުވަހަކު  9:00 ން 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ.

             ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި މި އިދާރާއިން 17 އެޕްރީލް 2023 ގައި ކުރެވިފައިވާ އިޢުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް މި އިއުލާނާ ގުޅިގެން ބާތިލެއް ނުވާނެއެވެ. އެހެން ނަމަވެސް މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި ގޯއްޗަށް އެދުމުގެ ޝަރުތާގުޅޭ ނުވަތަ ޕޮއިންޓް ދިނުމާގުޅޭ ކަމަކަށް ނުވަތަ ހާލަތަށް ބަދަލެއް އައިސްފައިވާ ނަމަ އެ ފަރާތްތަކުން ވެސް އަލުން ފޯމު ހުށަހަޅަންވާނެއެވެ. އަދި މި އިޢުލާނުގެ މުއްދަތު ހަމަވާއިރު އެ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާފައިނުވާ ނަމަ ނުވަތަ ލިޔުމުން އެއްޗެއް އަންގާފައި ނުވާނަމަ އެފަރާތްތަކުގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް ބަލައި ކުރިން ހުށަހަޅާފައިވާ ފޯމާއެކު ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ.

             މި އިޢުލާނާއެކު ތިރީގައި މިވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

  • ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރާ ގޯއްޗަށް އެދި ހުށައަޅާ ފޯމު
  • ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2023
  • ތަރިކައިން ލިބިފައިވާ ގޯތި ދޫކޮށްލުމުގެ އިޤްރާރު

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

            

25 މޭ 2023
ހޯދާ