ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ ، ދިވެހިރާއްޖެ
ނަންބަރު : (IUL)22-EDF/22/2023/166
އިޢުލާން
އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ލިބިފައިވާގޮތުގެ ލިސްޓާއި ވެއިޓިންގ ލިސްޓަށް ހޮވުނު ފަރާތްތައް ޢާއްމުކުރުން.
އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ 1 ކޮޓަރި އާއި 2 ކޮޓަރީގެ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ލިބޭނެ ފްލެޓް ކަނޑައެޅުމަށް 2023 މެއި 20 ވަނަ ދުވަހުގެ ރޭ ބޭއްވުނު ގުރުއަތުލުމުގެ ނަތީޖާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނޯޓިސްބޯޑާއި އެދުރުހިޔާ އަދި އެދުރުވެހީގެ ނޯޓިސް ބޯޑުގައި ފެންނަން ހުންނާނެކަމުގައި ދަންނަވަމެވެ. މި ގުރުއަތުގައި، އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ތަރުތީބުން، އެދުރުހިޔާ އާއި އެދުރުވެހީގެ ވެއިޓިންގ ލިސްޓަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓް ވެސް މިދެންނެވި ލިސްޓާއެކު ޢާއްމުކޮށްފައި ވާނެއެވެ.
މިއަދުން ފެށިގެން މީލާދީ 12 (ބާރަ) މަސް ވަންދެން އެދުރުހިޔާ އާއި އެދުރުވެހިން ހުސްވާ 1 ކޮޓަރި އާއި 2 ކޮޓަރީގެ ފްލެޓްތައް ދޫކުރާނީ، މިދެންނެވި ވެއިޓިންގ ލިސްޓްގައިވާ ތަރުތީބުންނެވެ.
05 ޛުލްޤަޢިދާ 1444
25 މެއި 2023
-----------------------------------------------------------------------------------------------------------------------
މި އިޢުލާން :
- ދިވެހި ސަރުކާރުގެ ގެޒެޓް ގައި : 25 މެއި 2023 އިން 24 ޖޫން 2023 ގެ ނިޔަލަށް ޝާއިޢު ކޮށްދެއްވުން އެދެމެވެ.
- ދިވެހި ރާއްޖޭގެ އަޑުން : 26 މެއި 2023 އިން 31 މެއި 2023 ގެ ނިޔަލަށް ކޮންމެ ދުވަހަކު 1 ފަހަރު ބްރޯޑްކާސްޓް ކޮށްދެއްވުން އެދެމެވެ.