ދިވެހިރާއްޖެ
މި އިޢުލާންވަނީ 05 ޖުލައި 2023 14:01 ގައި ބާތިލް ކުރެވިފައެވެ.
`
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
(IUL)313-MI/313/2023/40 ނަންބަރު
އިޢުލާން
ބަނދަރު ސަރަހައްދުގައި ޤާއިމުކުރުމަށް ފަރުމާކޮށްފައިވާ، ރަށް ރަމްޒުކޮށްދޭ މޮނިޔުމަންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
ބީލަން ހުށަހެޅުމުގެ ދައުވަތު
ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށުގެ ނަން ފެންނަގޮތަށް ބަނދަރު ސަރަހައްދުގައި ޤާއިމުކުރުމަށް ފަރުމާކޮށްފައިވާ، މޮނިއުމަންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)313-MI/313/2023/31 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
2023 މެއި 25 އިން 2023 ޖޫން 01 ވަނަ ދުވަހުގެ 10:00 އަށް، |
ޕްރީ ބިޑް މީޓިންގ: |
2023 ޖޫން 01 ވަނަދުވަހުގެ 10:45 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، |
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
2023 ޖޫން 20 ވަނަދުވަހުގެ 10:00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، |
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ
ފޯން ނަންބަރ : 4000079
އީމެއިލް : [email protected]
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޛުލްގަޢިދާ 1444
25 މެއި 2023