ދިވެހިރާއްޖެ
a
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
(IUL)313-MI/313/2023/37 :ނަންބަރު
އިޢުލާން
ގެސްޓްހައުސްގެ ވިޔަފާރިކުރުމަށްޓަކައި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގެ އުތުރުފަރާތުން 2 ބިން 50 އަހަރަށް ކުއްޔަށްދިނުމާއި ގުޅޭ
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގެ އުތުރުފަރާތުން 2 ބިން، 50 އަހަރަށް ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ. މީގެ ތެރޭގައި ހިމެނެނީ 513.6 އަކަމީޓަރުގެ ބިމަކާއި، 509.7 އަކަ މީޓަރުގެ ބިމެކެވެ. މި ބިންތައް ދިނުމަށް ހަމަޖެހިފައިވަނީ ބިޑުފޮތް ވިއްކައިގެންނެވެ. ބިޑުފޮތް ވިއްކާނީ 25 މެއި 2023 އިން 21 ޖޫން 2023 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެންދުނު 9:00 އިން 14:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާއިންނެވެ. ބިޑުފޮތުގެ އަގަކީ، ދިވެހި ކުންފުންޏެއް ނަމަ 1500ރ (ފަނަރަސަތޭކަ ރުފިޔާ) އެވެ. ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވިއްކާ އަގަކީ 3000ރ (ތިންހާސް ރުފިޔާ) އެވެ. ބިޑު ކުރާ ހުރިހާ ފަރާތްތަކުންވެސް 150،000ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. މި ބިޑު ސެކިއުރިޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ޤަބޫލުކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކުރެވިފައިވާ، ބިޑު ހުޅުވާ ތާރީހުން ފެށިގެން 150 (ސަތޭކަ ފަންސާސް) ދުވަހުގެ މުއްދަތަށް ސައްހަކަން ދެމިއޮންނާނެގޮތަށް ދޫކޮށްފައިވާ ބިޑު ސެކިއުރިޓީއަކަށް ވާންވާނެއެވެ. ބިޑް ކާމިޔާބު ކުރެވިއްޖެނަމަ ބިން ކުއްޔަށް ލިބިގަތުމުގެ ފީ އެއްގެ ގޮތުން އެންމެ މަދުވެގެން 300,000 ރ(ތިންލައްކަ ރުފިޔާ) ކައުންސިލްއަށް ދައްކަންޖެހޭނެއެވެ.
މިއީޤާނޫނުން ނުވަތަ ގަވާއިދުން ނުވަތަ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެން ހުރިހާ ފީއަކާއި އަގަކާއި ފައިސާއެއްގެ އިތުރުން ހުށަހަޅާ ފީއެކެވެ. ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 20 ޖޫން 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.
އިތުރު މަޢުލޫމާތު: |
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 20 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. |
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
2 ޖުލައި 2023 ވަނަދުވަހުގެ 13:00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. |
ބީލަމަށް ރަޖިސްޓްރީކުރުން |
|
ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑްގެ 1 އޮރިޖިނަލް އޮންނަ ގޮތަށެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައިގެ ބޭރުގައި ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ ." ޓޫރިސްޓް ގެސްޓްހައުސް ހެދުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް، 2 ޖުލައި 2023 ". ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޛުލްގަޢިދާ 1444
25 މެއި 2023