މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުމާގުޅޭ

އިޢުލާން

ބިން ކުއްޔަށް ދޫކުރުމާގުޅޭ

 

              ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން ވެހިކަލް ގަރާޖް ތަރައްޤީ ކުރުމަށް 400 އަަކަފޫޓްގެ 2 ބިމާއި 800 އަކަފޫޓުގެ 1 ބިން 15 އަހަރުގެ  މުއްދަތަށް، ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

             ނ.ވެލިދޫ   އިންޑަސްޓްރިއަލް   ޒޯންއިން  ވެހިކަލް ގަރާޖް ތަރައްޤީ ކުރުމަށް ކުރެވުނު  ނަމްބަރ (IUL)297-SM/297/2023/51 އިޢުލާން   ބާތިލްކޮށް، އިޢުލާން  ކުރެވޭ 2ވަނަ  ފަހަރު ކަމުގައި    ދަންނަވަމެވެ.

            ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު   ސާފުކުރެއްވުމަށްފަހު   އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު  ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން   ދިވެހިރައްޔިތެއްކަން   އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުމަށް

ނ.ވެލިދޫ ކައުންސިލް އިދާރާ

ބުރާސްފަތި

01 ޖޫން 2023

11:00

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

އަންގާރަ

13 ޖޫން 2023

11:00

              

        މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

                  މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ. މިއިޢުލާނާ އެކު ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން ވެހިކަލް ގަރާޖް ތަރައްޤީ ކުރުމަށް ދޫކުރެވޭ ބިމުގެ ޗާޓް ހިމެނިފައިވާނެއެވެ.

 

  މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

25 މޭ 2023
ހޯދާ