ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/83
އިޢުލާން
ޢީދު ފާހަގަ ކުރުން.
1444 ވަނަ އަހަރުގެ އަޟުޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން މިއިދާރާއިން ހިންގުމަށް ހަމެޖިހިފައިވާ ކުޅިވަރު ހަރަކާތްތައް މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ޖޫން 05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 2023 ޖޫން 11 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޛުޤާއިދާ 1444
25 މެއި 2023