ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުފާރުތަކުގައި ކުރެހުމާ، ސްޕަރޭކުރުމާ، ތައްގަނޑު ޖެހުމާ ގުޅޭ

                ރަށުގެ މަގުފާރުތަކުގައި ކުރެހުމާ، ސްޕަރޭކުރުމާ، ތައްގަނޑު ޖެހުމަކީ "ޤާނޫނު ނަންބަރު 2010/11 ޢާއްމު ޢިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު" ގައި މަނާކަންތައް ތަކެއް ކަމުގައިވާތީ، އެފަދަ ޢަމަލުތައް ނުކުރުމަށް ބުނެ އަންގަމެވެ. އަދި ޤާނޫނާ ޚިލާފު މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

                ސިޔާސީ އެކި އެކި ބޭނުންތަކުގައި އިންތިޚާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ގޮތުން ރަށުކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި، މަގުމަތީ ހޮޅިބުރިތަކާ، ރުއްގަސްފަދަ ތަންތަނުގައި ކެންވަސް ހަރުކުރުމާ ބެނާ، ދިދަ ފަދަ ތަކެތި ދެމުމަކީ މަނާ ކަމެއްކަމުގައި ދަންނަވަމެވެ.

 މީގެ އިތުރުން އިންތިޚާބުތަކުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާ، ބެނާތަކާ، ކެންވަސްތަކާ އެނޫންވެސް އެފަދަ ލިޔުންތައް ބެހެއްޓުމުގެ ކުރިން ރަސްމީކޮށް ރަށުކައުންސިލްގެ ހުއްދަ ހޯދުން އެދެމެވެ.

                އަދި ދަންނަވަމެވެ. 1444 ވަނަ އަހަރުގެ އަޟްޙާ ޢީދަށް ރަށުގެ މަގުފާރުތަކުގައި ކުލަލާ ޒީނަތްތެރި ކުރުމުގެ ޙަރަކާތުގެ ތެރެއިން ޤާނޫނާ، ޤަވާޢިދާ ޚިލާފަށް އަދި ރަށުކައުންސިލްގެ އާއްމު އިޢުލާންތަކާ ޚިލާފަށް ހިއްޕާފައިވާ ޕޯސްޓަރުތައް ނެގުމާ، ކުރަހާ ތައްގަނޑު ޖަހާ ސްޕަރޭކޮށްފައިވާ ފާރުތަކުގައި ކުލަލާ ޒީނަތްތެރިކުރާނެ ވާހަކަ ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                         05 ޛުލްޤައިދާ 1444

25 މޭ 2023
ހޯދާ