ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:  އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެލްއެސް 2

ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް

  • މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

  • މަޤާމުގެ އަސާސީ މުސާރަ:  -/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)
  • ސަރވިސް އެލަވަންސް:  -/3000 ރުފިޔާ (ތިންހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް:  އަސާސީ މުސާރައިގެ %35
  • މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

  • މަޤާމުގެ މައިގަނޑު މަސައްކަތް:

- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމްތަކާއި، އެގްރީމެންޓް ރަޖިސްޓްރީކުރުމަށް ހުށަހެޅޭ ފޯމްތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ މައްސަލަތައް، އިސް މެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ޤަޟިއްޔާ ހުށަހަޅާ ސެކްޝަންތަކާ މައްސަލަ ހަވާލުކުރުން.

- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށާއި މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ބަޔާންތައް ނެގުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކޮށް ތައްޔާރުކުރުން.

- އެގްރީމެންޓް ރަޖިސްޓްރީކުރުމާބެހޭ އިދާރީ މަސައްކަތް ކުރުން.

- ނިމޭ މައްސަލަތަކުގެ ފައިލްތަކުގައި މައްސަލައާ ގުޅިގެން ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ހުރިތޯ ބެލުމާއި، ރިޕޯޓް ތައްޔާރުކޮށް ފައިލަށް ލެވިފައިވޭތޯ ބެލުން.

- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަށް ފެންނަ ބަދަލުތައް ދިރާސާކޮށްފައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް، ކޯޓު ހިންގެވުމާ ހަވާލުވެވަޑއިގެން ހުންނަވާ މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދަން އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ގަވާއިދުން ދޫކުރުން.

- ޝަރުޢީ މަސައްކަތްކުރާ ދެ ސެކްޝަނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

- ޤާނޫނުތަކާއި ގަވާޢިދުތައް އެއްކޮށް ހޯދައި ފަސޭހައިން ފެންނާނޭހެން  ބެހެއްޓުން.

- މިނޫނަސް، ޝަރީޢަތާބެހޭ ސެކްޝަންތަކުގެ މަސައްކަތްތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ކުރުން.

  • އިންޓަވިއުކުރުން

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ މީހުންގެ އަދަދު 20 (ވިހި) އަށްވުރެ އިތުރުވާނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ހުށަހަޅަންޖެހޭ މަޢުލޫމާތު:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މި ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް.

- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ

- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

  • ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މަތީގައިވާ ލިޔުންތައް 2015 ފެބުރުވަރީ 2 ވާ ހޯމަދުވަހުގެ 15:00 ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ.

5 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015
ހޯދާ