ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫ ބަނދަރު ބޭނުންކުރުމުގެ އުޞޫލު

ތ. ގުރައިދޫ ބަނދަރު ބޭނުންކުރުމުގެ އުޞޫލު

(ހ) މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7)ގެ 151 ވަނަ މާއްދާގެ ދަށުން ހެދިފައިވާ، ތ. ގުރައިދޫ ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދާ، ގުޅިގެން އެޤަވާއިދު ހިންގުމަށްޓަކައި ކަނޑައެޅޭ އުޞޫލެވެ.

1.

ތައާރަފާއި ނަން

(ށ) މިއުސޫލަށް ކިޔަނީ "ތ. ގުރައިދޫ ބަނދަރު ބެލެހެއްޓުމުގެ އުސޫލު" މިހެންނެވެ.

 

 

 

މިއުސޫލަށް ޢަމަލުކުރަން ފަށާނީ މިއުސޫލު ކައުންސިލުގެ އާންމު ބައްދަލުވުމުން ފާސްކޮށް އާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެންނެވެ.

 

2.

އަމަލު ކުރަންފަށާ ތާރީހް

(ހ) ބަނދަރު ބޭނުން ކުރެވޭނީ ޓްރާންސްޕޯޓްގައި، ކަނޑުއުޅަނދުގެ ރަޖިސްޓަރީ ވެފައިވާ އުޅަނދުތަކަށެވެ.

3.

އުޅަނދުފަހަރަށް ހިދުމަތްދިނުން

(ށ) މިއުސޫލު ޢާންމުކުރާއިރު ބަނދަރުގައި އަޅާފައިވާ ޓްރާންސްޕޯޓުގައި ރަޖިސްޓަރީގައި ކޮށްފައި ނެތް އުޅަނދުތަކަށް 3 މަސްދުވަހުގެ މުއްދަތެއް ރަޖިސްޓަރީ ކުރަން ދޭންވާނެއެވެ.

 

 

(ނ) ރަޖިސްޓަރީ ކުރަން ދެވޭ މުއްދަތުގައި ރަޖިސްޓަރީ ނުކޮށްފިނަމަ، އެ އުޅަނދެއް ބަނދަރުން ނަގަން އަންގަންވާނެއެވެ.

 

 

 

ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދު ހިންގުމަށް، އަދި ބަނދަރުގެ ދޭންޖެހޭ ޚިދުމަތްތަށް ދިނުމަށް އަދި ފީތަކާއި ޖޫރިމަނާތައް ނެގުމަށާއި އަދި އެހެނިހެންވެސް ބަނދަރާއި ގުޅުންހުރި މިފަދަ އަދި މިނޫންވެސް ބަނދަރުން ފޯރުކޮށްދޭ ކިދުމަތްތައް ފޯރުކޮށްދިނުމަށް ތ. ގުރައިދޫ ކައުންސިލުގެ ރޯލު އަދާ ކުރާނެ ގޮތް ހަމަޖައްސާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

4.

ބަނދަރު ބެލެހެއްޓުން

(ހ) ތ. ގުރައިދޫ ބަނދަރު ބެހިފައިވާ ސަރަހައްދުތައް މިއުސޫލުގެ ޖަދުވަލް 01 ގައިވާނެއެވެ.

5.

ސަރަހައްދުތައް ހާއްޞަވުން

(ށ) މިއުސޫލުގައި ބަޔާންކޮށްފައިވާ ޞަރަހައްދުތަކަށް، އެޞަރަހައްދަށް ހާއްސަކުރެވިފައިވާ

އުޅަނދުފަހަރު ނޫން އެހެން އުޅަނދުފަހަރު އަޅާފައިބޭއްވުމަކީ މަނާކަމެކެވެ. އަދި ހަމައެއާއެކު މިއުސޫލުގެ ދަށުން ހާއްސަކުރެވިފައިވާ ޞަރަހައްދެއްގައި ކުރަންކަނޑައެޅިފައިވާ ބޭނުން ނިންމުމަށްފަހު އެސަރަހައްދުން އުޅަނދު ފަހަރު ނަގަންވާނެއެވެ.

 

 

(ނ)  މިމާއްދާގެ (ށ) އާ ޚިލާފްވާ ފަރާތްތަކާމެދު ޖަދުވަލް 2 ގައިވާ ތާވަލުގައިވާ ގޮތުގެ މަތީން، ޖޫރިމަނާކުރެވޭނެއެވެ.

 

 

 

މިސަރަޙައްދުގައި އުޅަނދު އަޅާފައި ބޭއްވޭނީ، ޝެޑިއުލް ދަތުރުފަތުރުކުރާ އުޅަނދުފަހަރު ފުރުމުގެ 30 މިނެޓް ކުރީގެ ވަގުތެކެވެ. އަދި ލެފުމުގެ 30 މިނެޓް ފަހުގެ ވަގުތެކެވެ.

 

6.

ލަފާފުރުމުގައި ލަފާފުރުމުގެ ވަގުތު

އެއްވެސް އުޅަނދެއް (ކަނޑައެޅިފައިވާ ސަރަހައްދުގައި) މަރާމާތު ކުރެވޭނީ، އެކަމުގެ ހުއްދައަކަށް އެދި ހުށަހަޅާ، ހުއްދަ ލިއުމަކުން ލިބިގެންނެއެވެ. ދޫކުރެވޭ ހުއްދަ ހުއްދައިގެ

މުއްދަތުގައި އުޅަނދުގައި އާންމުކޮށް ފެންނަން ހުންނަންވާނެއެވެ.

 

7.

ކަނޑު އުޅަނދުފަހަރު މަރާމާތުކުރުމުގެ ހުއްދަ

(ހ) ރަށުއުޅަނދާއި ރަށުން ބޭރު މީހުންގެ އުޅަނދު ކަނޑައަޅާނީ؛ އުޅަނދުގެ ރަޖިސްޓްރީގައި އޮންނަ ވެރިފަރާތުގެ ނަމަށް ބަލައިގެންނެވެ. ރަށުގެ ރައްވެހިނޫން މީހެއްގެ އުޅަނދެއް ރަށުގެ ރަށްވެއްސަކަށް ވިއްކާފައިވާނަމަ ނުވަތަ ކުއްޔަށް ނަގާފައިވާނަމަ އެކަމުގެ ލިޔުން ނުވަތަ އެގްރީމެންޓް ހުށަހަޅާ، އެކަން އެގޮތަށް ވެފައިވާކަން ކައުންސިލުގައި ރަޖިސްޓަރީ ކުރަންވާނެއެވެ. އެހެންނޫންނަމަ ބެލެވޭނީ އެއީ ރަށުގެ ރަށްވެހިނޫންމީހެއްގެ އުޅަނދެއްކަމަގައެވެ.

8.

ރަށު އުޅަނދާއި ރަށުން ބޭރު އުޅަނދު

(ށ) ދެންވެވުނު ލިޔުމަށް ބަދަލެއް އައިސްފައިވާނަމަ އެކަން ލަސްނުކޮށް ލިޔުމުން އަންގަންވާނެވެ. އެކަން ނާންގާ އޮއްވާ އުޅަނދާ ގުޅިގެން ހިނގާ ކުލި/ޖޫރިމަނާ/ފީ ފަދަ ފައިސާ ދެއްކުމަކީ މިމާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތުގެ ޒިންމާއެކެވެ.

 

 

(ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދާއިމީ ގޮތެއްގައި ރަށުގައި ދުއްވާ އުޅަނދުފަހަރަކީ ރަށު އުޅަނދުފަހަރު ކަމުގައި ބެލެވޭނެއެވެ.

 

 

 

(ހ) މީހުން އަރައިފޭބުމުގައި ބޭނުންކުރާނީ ޖަދުވަލް 1 އިން މީހުން އަރުވާ ބޭލުމަށް، ހާއްސަކުރެވިފައިވާ ޞަރަހައްދެވެ. އެގޮތުން؛

9.

މީހުން އަރުވާ ބޭލުން

(ށ) މީހުންނާއި ދާގީނާ އެރުވުމުގައި، އާންމުކޮށް ފެރީކުރުމަށް ކަނޑައެޅިފައިވާ އުޅަނދުފަހަރުތައް ފުރުމަށް ކަނޑައެޅިފައިވާ ގަޑީގެ 30 މިނިޓް ކުރީން ދެންނެވުނު ސަރަހައްދަށް ކައިރިކޮށްގެން ނުވާނެއެވެ.

 

 

(ނ) ފެރީގެ ގޮތުގައި ބެލެވޭނީ، ފެރީގެ ކުރުމުގެ ހުއްދައޮތް އުޅަނދުފަހަރެވެ. ފެރީއަށް ހާއްސަ ޞަރަހައްދުން މީހުނާއި (ލުއި) މުދާ އެރުވުމަކީ ހުއްދަކަމެކެވެ.

 

 

(ރ) މީހުންނާއި ދާގީނާ ބޭލުމުގައި، ދާއިމީކޮށް ޝެޑިއުލް ދަތުރުކުރުމަށް (އާންމުކޮށް މީހުން އުލުމަށް) ކަނޑައެޅިފައިވާ އުޅަނދުފަހަރުތައް ލަފާތާ 30 މިނިޓް ތެރޭގައި ސަރަހައްދުން ނަގަންވާނެއެވެ.

 

 

 

(ހ) މުދާ އަރުވާ ބޭލުމަށް ބަނދަރު ދިގަށް ދޯނި ފަހަރު މުދާއަރުވާ ބާލާ ޞަރަހައްދުގައި ބޭއްވޭނީ ކައުންސިލުން ހުއްދަ ހޯދުމަށް ފަހު ކައުންސިލުން ކަނޑައަޅާ ވަގުތަކަށެވެ. މިގޮތުން މުދާ އަރުވާ ބޭލުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ، އިތުރުވާ ކޮންމެ ވަގުތަކަށް ޤަވާއިދުގައިވާ ގޮތަށް ފީނެގޭނެއެވެ. މިގޮތުން  މިގޮތުން ބޭލޭ މުދާ ބަނދަރުގައި ބެހެއްޓޭނީ، 24 ގަޑިއިރުގެ މުއްދަތަކަށެއެވެ.

10.

މުދާ އަރުވާ ބޭލުން

(ށ) މިމާއްދާގެ (ހ) ގެ ދަށުން މުދާ އަރުވާ ބޭލުމަށް 3 މީޓަރާއި 21 މީޓަރާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 48 ގަޑިއިރަށެވެ.

 

 

(ނ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވާ ބޭލުމަށް 22 މީޓަރާއި 36 މީޓަރާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 72 ގަޑިއިރަށެވެ.

 

 

(ރ) މިމާއްދާގެ (ހ) ގެ ދަށުން މުދާ އަރުވާ ބޭލުމަށް 37 މީޓަރަށްވުރެ ދިގު އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 72 ގަޑިއިރަށެވެ. 

 

 

(ބ) މިމާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ތިރީގައިވާ އުސޫލުން ފީ ނެގޭނެއެވެ.

 

 

1. 3 މީޓަރާއި 21 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ. ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެ އިރަށް -/3 (ތިނެއް) ރުފިޔާގެ މަގުންނެވެ.

 

 

2. 22 މީޓަރާއި 36 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެ އިރަށް -/5 (ފަހެއް) ރުފިޔާގެ މަގުންނެވެ.

 

 

3. 37 މީޓަރަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް 50/7 (ހަތް ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

 

 

(ބ) މިއުސޫލުގެ ދަށުން ބަނދަރުން މުދާއެރުވުމަށާއި ބޭލުމަށް އެދި ހުށަހަޅާނީ ބަނދަރު އޮފިސަރަށެވެ.

 

 

ބަނދަރުގެ ފަޅުތެރެއަށް ވާ އަޅަންވާނީ ބަދަރަށް ވާއެޅުމަށް ހާއްސަކޮށް ފައްތާފައިވާ ބަރުތަކަށެވެ. ބަރެއް ހަލާކުވެ، ނުވަތަ އެހެންވެސް ސަބަބަކާހުރެ ބަރެއް ނެތިއްޖެނަމަ ލޮތާރިލެވިދާނެއެވެ. ބަރު ނުވަތަ ބުޅި ކުދި އުޅަނދުފަހަރު ބޭނުންކުރެވޭ ހިސާބުގައި ނެތްނަމަ ލޮތާރި ލެވިދާނެއެވެ. މިނޫން ގޮތަކަށް ވަލާއި ލޮތާރި ލައިގެންނުވާނެއެވެ.

 

11.

ފަޅުތެރެއަށް ވާ އެޅުން

(ހ) ބަނދަރުގައި ލޮތާރިލާއިރު ވަދެނިކުމެވާ އުޅަނދުފަހަރަށް ދަތިވާގޮތަށް ނުވަތަ/އަދި ނެރުމައްޗަށް ލޮތާރިލުކަމީ މަނާކަމެކެވެ.

12.

ލޮތާރިލުން

(ށ) ބަނދަރުތެރެއަށް ލޮތާރިލާއިރު ބަނދަރުގެ ވަށައިގެންވާ ތޮށިގަނޑާއި އަދި ބޭރުތޮށީގެ ރިވެޓްމަންޓްގެ މައްޗަށް (ހިލަތޮށީގެ މައްޗަށް) ލޮތާރިލައިގެން ނުވާނެއެވެ. އަދި ހިލަތަކުގައި ވާއެއްސުމަކީ މަނާކަމެކެވެ.

 

 

(ނ)  ވަލެއް ނުވަތަ އެފަދަ އެހެންވެސް އެއްޗެއް އޮޔާއި އެއްކޮޅަށް ނުވަތަ ދާނެގޮތަކަށް ދިއުމަށް ބަނދަރުގެ ފަޅުގެ ޞަރަހައްދަށް / ފަޅުތެރެއަށް އެއްވެސް އުޅަނދަކުން ދޫކޮށްލައިގެން ނުވާނެއެވެ. މިފަދަ ޢަމަލެއް ހިންގައިފިނަމަ، އަދި އެކަން މިކައުންސިލަށް ސާބިތުވެއްޖެނަމަ އެފަރާތެއް، ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ޖޫރިމަނާކުރެވޭނެއެވެ.

 

 

 

(ހ) ބަނދަރު ޞަރަހައްދުގައި އުޅަނދުފަހަރު މަރާމާތު ކުރަންވާނީ ބަނދަރުގައި އުޅަނދުފަހަރު މަރާމާތުކުރުމަށް ކަނޑައަޅާފައިވާ ތަނުގައެވެ.   

13.

ބަނދަރު ޞަރަހައްދުގައި އޮޑިދޯނިފަހަރު މަރާމާތުކުރުން

(ށ) އެއްވެސް އުޅަނދެއް މަރާމާރުކުރުމަށް ބަނދަރުގެ ތޮށީގެ ދިގަށް ބާއްވާގެން ނުވާނެއެވެ.

 

 

(ނ) މަރާމާތުކުރުމަށް، ފީ/ކުލި ނުހިނގާ ގޮތަށް އެންމެ ގިނަވެގެން ބޭއްވޭނީ، ރަށުގެ އުޅަނދެއްނަމަ 30 (ތިރީސް) ދުވަހުގެ މުއްދަށެވެ. އަދި ރަށުން ބޭރު އުޅަނދެއްނަމަ 05 (ފަހެއް) ދުވަހުގެ މުއްދަށެވެ. އެއަށްވުރެ އިތުރުވާ މުއްދަތަށް ތިރީގައިވާ ގޮތަށް ފީނެގޭނެއެވެ.

 

 

(ރ) ބަނދަރު ތެރޭގައި ބާއްވާގެން އުޅަނދުގެ މަރާމާތު ކުރުމަށް ފީގެ ގޮތުގައި ނަގާނީ ކޮންމެ 24 ގަޑިއިރަކަށް ތިރީގައިވާ ގޮތުގެ މަތީންނެވެ. 24 ގަޑިއިރުގެ ނިސްބަތުން ފުރިހަމަވެ، ބާކީ (ނުވަތަ ޖުމްލަ) ހުރި މިނިޓްވެސް ފައިސާ ނެގުމުގައި ބަލާނީ 24 ގަޑިއިރު ކަމުގައެވެ. އެގޮތުން؛

 

 

 

1. އުޅަނދުގެ ދިގުމިން 49 ފޫޓުން ފެށިގެން ކުރުނަމަ 24 ގަޑިއިރަށް -/50ރ.

 

 

2. އުޅަނދުގެ ދިގުމިން 50 ފޫޓާއި 99 ފޫޓާއި ދެމެދުނަމަ 24 ގަޑިއިރަށް -/75ރ.

 

 

3. އުޅަނދުގެ ދިގުމިން 100 ފޫޓުން މަތިނަމަ 24 ގަޑިއިރަށް -/100ރ.

 

 

 

ބަނދަރުގައި އަޅާ އުޅަނދުފަހަރު ވާއައްސަންވާނީ ބަނދަރާއި ވާއެއްސުމަށް ހާއްސަކޮށްފައިވާ ބުޅިތަކަށެވެ. ވާއެއްސުމަށް ހާއްސަކޮށްފައިވާ ތަނަކަށް ގެއްލުމެއްވެގެން، ވާއެއްސުމަށް ކައުންސިލުން އެހެންތަނެއް ހަމަޖައްސައިފިނަމަ އެތަނަކަށެވެ. ބަނދަރު ސަރަހައްދުގައި ވާއެއްސުމަށް އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ޖެހުމަކީ މަނާކަމެކެވެ.

 

14.

ވާއެއްސުން

(ހ) ތ. ގުރައިދޫ ބަނދަރު ބެލެހެއްޓުމާއި ގުޅޭ ގަވާއިދު ނަންބަރު: 2013/R-1785 ގެ 15 ގެ (ހ) ގައިވާ "ފަތުރުވެރިންގެ އުޅަނދު" ފަހަރުކަމުގައި ބަލާފައިވަނީ، ފަތުރުވެރިންނަށް ދިރިއުޅެވޭ ގޮތަށް ހަދާފައިވާ ފްލޯޓިންގް އުޅަނދުފަހަރަށެވެ. މިފަދަ އުޅަނދުފަހަރު ލަފާ ފުރުމަށް ކައިރިކުރަން ވާނީ ފެރީތަކަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދަށެވެ. އަދި ބަނދަރައް ވަދެ ނިކުންނައިރު ތިބެންވާނީ، އެކަށީގެންވާ ހެދުމެއްގައެވެ.

15.

ފަތުރުވެރި އުޅަނދުފަހަރު

(ށ) މިމާއްދާގައި ބަޔާންކުރާ އުޅަނދުފަހަރު އަޅާފައިބާއްވާނީ، އެއުޅަނދަށް ހާއްސަކުރެވިފައިވާ ތަނުގައެވެ. އެފަދަތަނެއް ނެތްނަމަ އެތަނެއް ދައްކާނީ ބަނދަރު ބަލަހައްޓާފަރާތުންނެވެ.

 

 

 

ބަނދަރު ސަރަހައްދުގައި މަސްކިރާ ފަރާތަކުން (އުޅަނދުފަހަރުން) މަސްކިރަންވާނީ ބަނދަރުގައި މަސްކިރުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދަށެވެ.

 

16.

މަސްކިރުން

މަސްގަންނަ ބޯޓު (އެހެނިހެން މަސްގަންނަ އުޅަނދު) ބަނދަރުތެރޭގައި / ބަނދަރާ ގުޅިފައިވާ ފަޅުތެރޭގައި ބާއްވައިގެން މަސްކިރާނަމަ އެކަމަށް، ކައުންސިލުން ހުއްދަނަގަންވާނެއެވެ. ބަނދަރުތެރޭގައި / ބަނދަރާ ގުޅިފައިވާ ފަޅުތެރޭގައި ބާއްވައިގެން މަސްގަތުމަށް ހުއްދަދޭ އުޅަނދުފަހަރު އަޅާވަގުތުން ފެށިގެން ބަނދަރުގައި ބާއްވާ ކޮންމެ ގަޑިއަކަށް -/50ރ ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ.

 

17.

ބަނދަރުގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ކިރުން

ބަނދަރުގެ ފަޅުގެ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވަންވާނީ، އަޅާފައިވާ އެހެން އުޅަނދުފަހަރަށް އުނދަގޫ ނުވާގޮތެއްގެ މަތީންނެވެ. ޤަވާއިދުގައި ބަޔާންވެގެންވާ މިންވަރަށްވުރެ ބާރަށް ދުއްވައިފިނަމަ ޖޫރިމަނާކުރެވޭނެއެވެ.

 

18.

ފަޅު ސްޕީޑް

މިއުސޫލާ ޚިލާފުވާ ފަރާތްތަކާއިމެދު ޖަދުވަލް 2 ގައިވާ ތާވަލުގައިވާ ފަދައިން ޖޫރިމަނާކުރެވޭނެއެވެ.

 

19.

އުސޫލާ ހިލާފްވުން

(ހ) މިއުސޫލާ ގުޅިގެން ޢަމަލުކުރެވޭ ޤަވާއިދުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ، އެފަދަ ކަމެއް ދެފަރާތުން މަޝްވަރާކުރުމަށްފަހު ޢަމަލުކުރަންވީ ގޮތް ކައުންސިލުން އެފަރާތަކަށް ލިޔުމުން އަންގާނެއެވެ.

20.

ނެތްކަމެއް ދިމާވުން

(ށ) އެގޮތުން އެކަމެއް ހައްލުނުވެއްޖެ ނަމަ، ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ލަފާގެ މަތިން މިއުސޫލާއި ގުޅުންހުރި އެހެނިހެން ޤާނޫނާއި ގަވައިދުތަކަށްބަލައި ކައުންސިލްގެ ޢާންމު ބައްދަލުވުމަކަށް އެޖެންޑާކޮށް ފާސްކޮށްގެންނެވެ.

 

 

24 މޭ 2023
ހޯދާ