ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިޝަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް: ޕްރޮޖެކްޓް އޮފިޝަރ

ރޭންކް: އެމް. އެސް 01

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 01

އޮފިސް/ އިދާރާ: ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާ

ސެކްޝަން: އިކޮނޮމިކް ސޯސަލް އެންޑް މުނިސްޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާ

މުސާރާ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)           

މަޤާމުގެ ޝަރުޠުތައް: 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛                           

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:              

1. ކައުންސިލުން ހިންގަން ބޭނުންވާ އެކިއެކި ޕްރޮޖެކްޓްތަކަށް ފަންޑްހޯދުމަށް ހަދަންޖެހޭ ޕްރަޕޯޒަލްތައް ހެދުމުގެ އިދާރީ މަސައްކަތްކުރުން.

2. ޕްރޮޖެކްޓްތަކުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

3. ސީދާ ކައުންސިލުން ރަށުގައި ހިންގަމުންގެންދާ ތަރައްޤީގެ ޕްރޮޖެޖެކްޓްތަކުގެ އިދާރީ މަސައްކަތްތައް ކޮށް، އެކަންކަން ބެލެހެއްޓުން.

4. ކައުންސިލާއި އެހެނިހެން ފަރާތްތަކާ ގުޅިގެން ރަށުގައި ހިންގޭ ތަރައްޤީގެ ޕްރޮޖެކްޓްތަކުގައި ކައުންސިލުން ބަލަހައްޓަންޖެހޭ އިދާރީ ކަންކަން ކޮށް، އެކަންކަން ބެލެހެއްޓުން.

5. ސަރުކާރާއި އެހެނިހެން ޖަމާޢަތްތަކުން ރަށުގައި ހިންގާ ތަރަށްޤީގެ ޕްރޮޖެކްޓްތަކުގައި ކައުންސިލާ ގުޅޭ ކަންކަމުގެ އިދާރީ މަސައްކަތް ކުރުން.

6. ރަށުގައި ހިންގޭ އިޖުތިމާޢީ ހަރަކާތްތަކުގައި ކައުންސިލުން ކުރަންޖެހޭ ކަންކަމުގެ އިދާރީ މަސައްކަތް ކުރުން.

7. ރަށުގެ ކުލަބު ޖަމްޢިއްޔާތަކާއި ކޮމެޓީތަކާ ގުޅޭގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8. ރަށުގެ ތަރަށްޤީގެ ރިޕޯޓްތައް ތައްޔާރުކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ :ކަންތައްތައް

1. ހާސިލުކޮށްފއިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، 2015 ފެބްރުވަރީ 2 ވަނަ ދުވަހުގެރޭ 21:00 ގައި ހައްދުންމަތީ މާބައިދޫ ކައުންސިލުގެއިދާރާގައެވެ.

 

މަގާމަށް އެދެންވި ގޮތާއި، ސުންގަނޑި:

1.  މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހައްދުންމަތީމާބައިދޫ ކައުންސިލުގެ އިދާރާއަށެވެ.

2. ތަކެތި ހުށަހަޅާނީ، 2015 ފެބުރުވަރީ 1 ވާ އާދީއްތަދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:  

1. މުސާރަ މަހަކު -/5،610 ރުފިޔާ.

2. އެލަވަންސް: މަހަކު -/2،000 ރުފިޔާ

3. އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް، މި އިދާރާއިން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވަށްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެއެވެ.

30 ރަބީޢުލްއައްޥްލް 1436

21 ޖަނަވަރީ 2015
ހޯދާ