އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޓްރެއިނަރުން ހޯދުން

އިޢުލާން

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޓްރެއިނަރުން ހޯދުން

ދިވެހިރާއްޖެއިން ކޮރަޕްޝަން މަދުކުރުމާއި،ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރޭގައި ހިންގުމަށް ޓްރެއިނަރުން ބޭނުނެވެއެވެ. މިއަހަރު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ބ، އއ، ފ، ދ، ގއ، އަދި ސ އަތޮޅުގައެވެ.

އަދަދު:  12

ޝަރުޠު:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީފާހެއް ހާސިލުކޮށްފައިވުން
  • ޓްރެއިނިންގދިނުމުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން (ޓްރެއިނަރުން ހޮވުމުގައި ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.)
  • ކޮރަޕްޝަންގެ އެއްވެސް މައްސަލައެއްގައި ޙުކުމެއް އައިސްފައިވާ ނުވަތަ ކޮރަޕްޝަންގެ މައްސަލައެއްގައި ދަޢުވާކުރުމަށް ފޮނުވިފައިވާ މީހެއްކަމުގައި ނުވުން
  • ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީކުށެއް ސާބިތުވެ ޙުކުމެއް ތަންފީޛުކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ނުވުން

 އުޖޫރަ

  • ވަރކްޝޮޕް ހިންގުމަށް އަތޮޅުތެރޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 500.00 ރުފިޔާ
  • ޓްރެއިނިންގގައި ހޭދަކުރާ ދުވަސްތަކަށާއި ވަރކްޝޮޕް ހިންގުމަށް އަތޮޅުތެރޭގައި ހޭދަކުރާ ދުވަސްތަކުގެ ކެއުމާއި ހުރުމުގެ ޚަރަދު (މި ޚަރަދު ދެވޭނީ އެމީހެއްގެ ރަށް ނުވަތަ ދިރިއުޅެމުންދާ ރަށް ފިޔަވާ އެހެން ރަށެއްގައި މަސައްކަތް ކުރާނަމައެވެ.)

ޓްރެއިނަރުންގެ މަސްއޫލިއްޔަތު

  • އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޓްރެއިނިންގ އޮފް ޓްރެއިނަރޒްގެ ޕްރޮގްރާމް ފުރިހަމަކުރުން
  • އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަނޑައަޅާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުން (މަދުވެގެން 1 އަތޮޅުގެ ތަމްރީނުތަށް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވާން ޖެހޭނެއެވެ.)
  • ޕްރޮގްރާމްގެ ފީޑްބެކް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހިއްސާކޮށް ކުރިޔަށް ހުރި ޕްރޮގްރާމްތައް ރަނގަޅުކުރުމަށް ލަފާދިނުން

އިތުރު މަޢުލޫމާތު

  • ޓްރެއިނިންގ އޮފް ޓްރެއިނާރޒް ބޭއްވުމަށް ހަމަޖެހިފައިވަނީ 17-19 ފެބުރުވަރީ 2015 ގައެވެ.
  • އަތޮޅުތެރޭގައި ވަރކްޝޮޕްތައް ހިންގުމަށް ޚިޔާލުކުރެވިފައިވަނީ ފެބުރުވަރީ، މެއި އަދި އޮގަސްޓު ގައެވެ.
  • އަތޮޅުތެރޭގައި ހިންގާ އިދާރީ ކަންކަން އިންތިޒާމުކުރާނީ ވާރކްޝޮޕްތައް ހިންގޭ އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުންނެވެ.
  • ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ މިފަދަ އެހެން ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕްރޮގްރާމުތަކުގައި އިސްކަންދެވޭނެއެވެ.

ސުންގަޑި: 02 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިކަމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯމާއެކު ތިރީގައިމިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. 

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ސަނަދު އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  2. ހޯދާފައިވާ ތަމްރީނާއި ތަޖުރިބާ އަންގައިދޭ ލިޔެކިއުން.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން.
  5.  އައިޑީ ކާޑުގެ ފޮޓޯކޮޕީ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015223 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

16 ރަބީއުލްއާޚިރު 1436

25 ޖަނަވަރީ 2015
ހޯދާ