ދިވެހިރާއްޖެ
1.5 ޓަނުގެ ޕިކަޕެއްގެ ވިއްކާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކައުންސިލުން ހިންގާ އައިލެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ޕިކަޕެކް ވިއްކާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލް އިދާރާގެ ނަންބަރު 6680539 ނުވަތަ 7929080 އަށް ގުޅުއްވައިގެން ނުވަތަ މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ބީލަން ހުށަހަޅާ ފޯމާއެކު ކޯޓޭޝަން ފޮނުވުން އެދެމެވެ. ބީލަންތައް ފޮނުއްވާނީ [email protected] ނުވަތަ މިއިދާރާއަށް ވަޑައިގެންނެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ. އަދި ޕިކަޕެއް ހޯދުމަށް ކުރިން މިކައުންސިލުން ކުރެވުނު އިޢުލާނު ނަންބަރު: 355/2014/27 ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ޕިކަޕާ ގުޅޭ އިތުރު މަޢުލޫމާތު:
* 1.5 ޓަނުގެ ޕިކަޕެއް
* މިހާރުވެސް ދުއްވޭނެ ހާލަތެއްގައި ހުރުން
* ފަހަތުގައި 4 ފުރޮޅުރީ ޕިކަޕެއް ކަމުގައި ވާންވާނެއެވެ.
* ޓޮޔޯޓާ، މަޒްދާ ނުވަތަ ސުޒުކީ، މިތިން ބްރޭންޑުން ކުރެ ބުރޭންޑެއް ކަމުގައި ވާންވާނެއެވެ.
* ޕިކަޕް އދ.ފެންފުށްޓާ ހަމައަށް ގެނެސް ދިނުމަކީ ޕިކަޕް ވިއްކާ ފަރާތުގެ ޒިންމާއެކެވެ.
މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް:
އަގު: ހުށަހެޅޭ އެންމެ ހެޔޮ އަގަށް 70 އިންސައްތަ މާކްސް
މުއްދަތު: ހުށަހެޅޭ އެންމެ ކުރު މުއްދަތަށް 10 އިންސައްތަ މާކްސް
ކޮލިޓީ: އެންމެ ރަނގަޅު ކޮލިޓީ ޕިކަޕަށް 20 އިންސައްތަ މާކްސް
1 ރަބީޢުލްއާޚިރު 1436