އިހަވަންދޫ މަދަރުސާ
ދިވެހިރާއްޖެ
ފަރުނީޗަރ ގަންނަން

ފަރުނީޗަރ ގަންނަން ބޭނުންވެއްޖެ

މި މަދަރުސާއަށް މި ދަންނަވާ ފަރުނީޗަރ ގަންނަން ބޭނުންވެއެވެ.

ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހުގެ 10:30 އިން 12:30 އާ ދެމެދު މި މަދަރުސާގެ ފޯނު ނަންބަރު 6500096 އާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އަންދާސީހިސާބު މެއިލް ކުރައްވާނީ [email protected] އަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބޭނުންވާ ފަރުނީޗަރގެ މަޢުލޫމާތު

10 ކޮންފަރެންސް ޓޭބަލް (1800mm x 1200mm x 745mm)

90 އޮފީސް ޗެއަރ (medium back with arm rest)

8 ލޮކަރު (3 ކޮލަމް 9 ކޮމްޕާޓްމަންޓް) (ކޮމްޕާޓްމަންޓެއްގައި އުސްމިން 2 ފޫޓު، ފުޅާމިން 1 ފޫޓު، ފުންމިން 1 ފޫޓު)

ހުށަހަޅަންޖެހޭ ލިޔުންތައް

ތަނުގެ ރަޖިސްޓަރީގެ ކޮޕީ

ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީ

އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑުގެ ކޮޕީ

2 ރަބީޢުލްއާޚިރު‏ 1436

22 ޖަނަވަރީ 2015
ހޯދާ