ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ވިލުފުށީ ސްކޫލުގެ އަލިމަސް ޖުބިލީ މޮނިއުމަންޓް ފަރުމާކުރުން

ވިލުފުށީ ސްކޫލުގެ އަލިމަސް ޖުބިލީ މޮނިއުމަންޓް ފަރުމާކުރުން

ވިލުފުށީ ސްކޫލަށް 75 އަހަރު ފުރޭ މުނާސަބާ އާއި ގުޅިގެން އަލިމަސް ޖުބިލީ މޮނިއުމަންޓެއް ފަރުމާކުރުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

75 އަހަރު ފުރޭ ތާރީޚް: 27 އޯގަސްޓު 1948 އިން 27 އޯގަސްޓު 2023 އަށް

  1.  މޮނިއުމަންޓް ފަރުމާކުރުމުގައި ބަލަންޖޭހޭ މިންގަނޑުތައް:
  • މި މޮނިއުމަންޓަކީ އެއްވެސް މުޢައްސަސާއަކުން ބޭނުންކުރަމުންދާ ނުވަތަ ބޭނުންކޮށްފައިވާ މޮނިއުމަންޓެއްގެ ކޮޕީއެއް ކަމުގައި ވެގެން ނުވާނެއެވެ.
  • ފަރުމާ ކުރެވޭ މޮނިއުމަންޓަކީ މުޅިން އައު، އަމިއްލަ ވަންތަ މޮނިއުމަންޓަކަށް ވާންނާނެއެވެ.

 2. މޮނިއުމަންޓް ފަރުމާކުރުމުގައި ހިމަނަންޖެހޭ ބައިތައް:

  • ވިލުފުށީ ސްކޫލްގެ 75 އަހަރުގެ މާޒީގައި ބޭނުންކޮށްފައިވާ ސްކޫލްގެ ބެޖް ބަދަލުވެގެން އައިގޮތް ދައްކުވައިދިނުން ނުވަތަ
  • ވިލުފުށީ ސްކޫލްގެ 4 ހައުސް (އިތާ، ސަނދަރަ، ރާކަނި، ސަންގު) ރަމްޒުކޮށްދިނުން
  • ވިލުފުށީ ސްކޫލުން މިހާތަނަށް އޯ ލެވެލް އަދި އޭ ލެވެލްގެ މަތީ އަރުވެރިންގެ ގޮތުގައި ހިމެނިފައިވާ ދަރިވަރުންގެ ޢަދަދު/އަހަރު ރަމްޒުކޮށްދިނުން
  • ވިލުފުށި ރަމްޒުކޮށްދޭ ކޮންމެވެސް ޚާއްސަ ކަމެއް ހިމެނުން

 3. މޮނިއުމަންޓް ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިން ލިބޭ ދިގު މެއްދަތަކަށް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށެވެ. 

 4. މޮނިއުމަންޓްގައި މައިގަނޑު ކުލައިގެ ގޮތުގައި ނޫކުލަ ހުންނަންވާނެއެވެ. އަދި ނޫކުލަ އާއިއެކު ރަންކުލަ (ގޯލްޑް)، އަދި ސްކޫލްގެ ހައުސްތަކަށް ނިސްބަތްވާ ކުލަތައް ބޭނުންކުރުން އެދެވިގެންވެއެވެ. 

 5. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 1 މޮނިއުމަންޓް ޑިޒައިން އެވެ.     

 6. މޮނިއުމަންޓްއާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

  • މޮނިއުމަންޓް ފަރުމާ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު
  • މޮނިއުމަންޓްގައި ހިމެނޭ އެކި ބައިތަކުން ރަމްޒުކޮށްދޭ ކަންކަމާއި މާނަ ވަކިވަކިން ތަފްސީލުކޮށްދީފައިވާ ލިޔުން
  • މޮނިއުމަންޓްގައި ބޭނުންކުރާ ފޮންޓް އަދި ފޮންޓްގެ ސައިޒް
  • މޮނިއުމަންޓްގައި ހިމަނާފައިވާ ކުލަތަކުގެ RGB ކޯޑް
  • މޮނިއުމަންޓް ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާ ނުލާ މޮނިއުމަންޓް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ސްކޫލަށް ދޭކަން ބަޔާންކުރާ ލިޔުމެއް. މިލިޔުމުގައި މޮނިއުމަންޓް ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ.ކާޑު ނަންބަރު، ފޯނު ނަންބަރު ހިމަނާފައި އޮންނަންވާނެއެވެ.
  • މޮނިއުމަންޓް ޑިޒައިންގެ ސޮފްޓް ކޮޕީ ފައިލް - ފަރުމާކުރުމަށް ބޭނުންކުރި ސޮފްޓްވެއަރ/އެޕްލިކޭޝަންގެ ފޯމެޓްގައި އަދި JPEG, PNG،  PDF  ފޯމެޓްގައި

 7. ހުށަހަޅާނެ ގޮތް އަދި ސުންގަޑި:

  މޮނިއުމަންޓް ފަރުމާ ހުށަހަޅާނީ 2023 މެއި 30 އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށެވެ.

 

 8. މާކްސް ދިނުމާއި ވަނަހޮވުން އަދި ދެވޭ އިނާމް

  • މޮނިއުމަންޓް ފަރުމާ ބަލައި މާކްސް ދޭނީ މިކަމަށް އެކުލަވާލެވޭ ކޮމިޓީއަކުންނެވެ.
  • މޮނިއުމަންޓް ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއިވއެއްގޮތައްތޯ ބަލައި ފާސްކުރެވޭނެއެވެ.
  • މޮނިއުމަންޓްގެ ފެންވަރު
  • ވިލުފުށީ ސްކޫލަށް 75 އަހަރު ފުރުން ރަމްޒުކޮށްދޭ މިންވަރު
  • ދީފައިވާ ސުންގަޑީގެ ތެރޭގައި ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް 1000.00ރ (އެއް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7940633/9764004 އަށެވެ،

 

 

24 މޭ 2023
ހޯދާ