ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އޮކިއުޕޭޝަނަލް ތެރަޕީ ޓޫލްސް އަދި އެކުއިޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އޮކިއުޕޭޝަނަލް ތެރަޕީ ޓޫލްސް އަދި އެކުއިޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: TENDER/HMH/2023/028    

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އޮކިއުޕޭޝަނަލް ތެރަޕީ ޓޫލްސް އަދި އެކުއިޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 1 ޖޫން 2023ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އީ-މެއިލް ކޮންފާރމޭޝަން ރެޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ. މިމަސައްކަތަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުންކަމާއި ރެޖިސްޓްރީ ކޮންފާރމޭޝަން ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

5 ޖޫން 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

 

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މި ހޮސްޕިޓަލުގެ ވެބްސައިޓް  https://hmh.gov.mv/procurement އިން  23 މޭ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 31 ޖޫން 2023 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350111

އީ-މެއިލް: [email protected]

 

23 މޭ 2023

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

23 މޭ 2023
ހޯދާ