މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ރަސްގެތީމު ކައުންސިލު އައު އިމާރާތްކުރުގެ މަސައްކަތްކުރުން

ބީލަން ހުށަހެޅުމުގެ ފުރުޞަތު؛

           ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމަނައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ރ.ރަސްގެތީމު ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢުގައި ނުނިމިވާ މަސައްކަތް ތަކުގެ އިނިސްޕެކްޝަން ހެދުމާއި ބީ.އޯ.ކިޔު ތައްޔާރުކޮށް ބާކީހުރި މަސައްކަތައް ބިޑު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

          މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް މިއިޢުލާން އާއި އެކު ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށް ގަނޑުތައް ނުނެއްޓޭނޭގޮތަށް  ބައިންޑް/ހީރަސްކުރެވި ސިޓީއުރައިގައި ބަންދުކޮށްފައެވެ.

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާ

ރ.ރަސްގެތީމު، ދިވެހިރާއްޖެ.

ރ.ރަސްގެތީމު ކައުންސިލްގެ އައު އިމާރާތް އެޅުމާއި ބެހޭ އިޢުލާނު ނަންބަރު:

ރެޖިސްޓްރޭޝަން

         ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ރ.ރަސްގެތީމު ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2023 މެއި 31 ވަނަ ދުވަހުގެ 13:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އާއި ދެމެދު ރ.ރަސްގެތީމު ކައުންސިލް އިދާރާގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ،ރަޖިސްޓްރީވާ ފަރާތުގެ ނަން ،އަދި ރަޖިސްޓްރީވާ ފަރާތުގެ އީމެއިލް އެގޭގޮތަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން

   މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓްކުރާ ތާރީޙުން ފެށިގެން އިން 2023 ޖޫން 11 އާއި ދެމެދު [email protected]  އަށް އީމެއިލް ކުރައްވައިގެންނެވެ. ނުވަތަ ކައުންސިލް އިދާރާއަށް ޙާޟިރުވެގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ޕްރީ ބިޑް ބައްދަލުވުން

         މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2023 ޖޫން 18 ވަނަ ދުވަހުގެ 13:00 ގައި ރ.ރަސްގެތީމު  ކައުންސިލް އިދާރާގައެވެ.

ބިޑު ހުޅުވުން

        ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2023 ޖޫން 25 ވަނަ ދުވަހުގެ 13:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 25 ވަނަ ދުވަހުގެ 13:00 ގައި ރ.ރަސގެތީމު ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ނޯޓް:

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާ

ރ.ރަސްގެތީމު، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

              1444 K 03

              23 މެއި 2023

 

23 މޭ 2023
ހޯދާ