މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސް ދޯނިފަހަރުގައި ލޮނުފެން ފިނިކުރާ ނިޒާމު އަދި ސޯލަރ ޕަވަރ ސިސްޓަމް ހަރުކުރުން - ދެވަނަ ފިޔަވަހި

ސަރުކާރުގެ ނޫ އިޤްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި، އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ކުރިޔަށްދާ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިއީ މި މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް، އެންޑް އެގްރިކަލްޗަރ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެން ކުރިޔަށް ގެެންދާ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެކްޓްގެ ދަށުން މަސްވެރި އުޅަނދުތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު (އާރ.އެސް.ޑަބްލިޔު ސިސްޓަމް) ޤާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.  

 

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:

މިޕްރްގްރާމުގައި ބައިވެރިވެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މަސްވެރިކަންކުރާ އުޅަނދުފަހަރަށެވެ.  

(ހ) ރަޖިސްޓަރ ކުރެވިފައިވާ އުޅަނދަކަށް ވުމާއި މަސްވެރިކަން ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން. 

(ށ) އުޅަނދު މިހާރުވެސް ބޭނުންކުރެވެނީ މަސްވެރިކަންކުރުމަށް ކަމުގައިވުން. 

(ނ) 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުމާއި އަދި މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އުޅަނދުގައި ހުރުން. 

(ރ) ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން. 

(ބ) އެސްޑީއެފްސީއިން ކަނޑައަޅާފައިވާ ފައިނޭންސިންގ ސްކީމާއި އެއްގޮތަށް އަނބުރާ ފައިސާ ދެއްކުމުގެ ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން.

 

ފައިނޭންސިންގ ސްކީމްގައި ބައިވެރިވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް، އެފަރާތެއްގެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް، އެސް.ޑީ.އެފް.ސީ ވެބްސައިޓުގައި ލިސްޓުކޮށްފައިވާ (އެމްޕެނަލްކޮށްފައިވާ) ސަޕްލަޔަރުންގެ ލިސްޓުން ޚިޔާރު ކުރުމުގެ ފުރުޞަތު އެރުވޭނެއެވެ. ފައިނޭންސިންގ ފެސިލިޓީގެ އަގު ކަނޑައެޅޭނީ ޚިޔާރު ކުރާ ސިސްޓަމަށް ބިނާކޮށެވެ. ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ދާނެއެވެ.

މިޕްރޮގްރާމްގެ ފައިނޭންސިންގ ހަމަޖެހިފައިވަނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން "އާރ.އެސް.ޑަބްލިޔު" ނަމުގައި ހުޅުވާފައިވާ އިސްލާމިކް ފައިނޭންސިންގ ސްކީމެއް މެދުވެރިކޮށެވެ. 

 

އެޕްލިކޭޝަން ހުށަހެޅުން

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެންވަނީ އާއްމުކޮށް ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޑިސެންބަރު 2023 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްލިކޭޝަންތައް ލިބޭ މިންވަރަކުން ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު 

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަންނަނިވި ނަންބަރުތަކާއި ގުޅުއްވުމަށް ދަންނަވަމެވެ.  

1. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ - ފޯން: 3339525  

2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް - ފޯން: 1500 

3. އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން - ފޯން: 1613

23 މޭ 2023
ހޯދާ