ދިވެހިރާއްޖެ
މަޤާމު: |
މެކޭނިކް |
||||||||||
މަޤާމުގެ ނަންބަރު: |
J-295566 |
||||||||||
ބޭނުންވާ އަދަދު: |
01 ( އެކެއް) |
||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||
މަޤާމުގެ ރޭންކު: |
ޖީ.އެސް 3 |
||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||||||||||
ޑިވިޜަން / ސެކްޝަން: |
ސަޕޯރޓް ސާރވިސް ޔުނިޓް |
||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފުވައްމުލައް ހޮސްޕިޓަލް ،ފުވައްމުލައް |
||||||||||
މުސާރަ: |
މަހަކު -/4465 ރުފިޔާ |
||||||||||
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
||||||||||
އެހެނިހެން އެލަވަންސް: |
ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު 1562.75 ރުފިޔާ (މުސާރައިގެ %35.00) ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ ( މަހަކު) ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ |
||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ހޮސްޕިޓަލުގެ ހުރިހާ ތަންތަނުގެ ފަންކާތަކާއި ލައިޓުތަކާއި، ޕަވަރ ޕޮއިންޓްތަކާއި އިމަޖެންސީ ލައިޓުތައް ކޮންމެދުވަހަކު ޑިއުޓީފެށުމުންނާއި ޑިއުޓީ ނިމުމުގެ ކުރިން ބަލާ ޗެކުކުރުން. އަދި ހޮސްޕިޓަލުގެ ހުރިހާ ތަންތަނުގެ އަނދާފައިވާ ބޮކިތައް ބަދަލުކޮށް ހަލާކުވެފައިވާ ފަންކާތައް ރިޕޯޓްކުރަންޖެހޭ ފަރާތަށް އަންގާ ބަދަލުކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދުން ބަދަލުކުރުން. - ލޯންޑްރީގައި ބޭނުންކުރާ މެޝިން އަދި އެފަދަ އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެމައްސަލައެއް ހައްލުކުރުން އަދި ސުޕަވައިޒަރަށް ރިޕޯޓުކުރުން - މަރާމާތުކުރަންޖެހޭ ތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، މެކޭނިކުން މަސައްކަތަށް ބޭނުންކުރާ ޓޫލްސް، އިކުއިޕްމަންޓްސްގެ ރެކޯޑްސް ބެލެހެއްޓުމާއި އެކު އެތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން. - ހޮސްޕިޓަލުގައި ބޭނުންކުރެވޭ މެޝިނަރީޒްތަކާއި އިކުއިޕްމަންޓް ނުވަތަ އަލަށް ބެހެއްޓޭ މިބާވަތުގެ އެއްޗެހިތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު އެމަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ އަދި އެ މެޝިންތައް އިންސްޓޯލްކުރާ ފަރާތްތަކުން އޭގެ މަޢުލޫމާތު ރަނގަޅަށް އޮޅުން ފިލުވުން. - ހޮސްޕިޓަލްގެ ކަރަންޓު ވިއުގައަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއިއެކު ހައްލުނުކުރެވޭ މައްސަލަތައް އިސްވެރިޔާގެ ލަފާގެމަތިން ކުރިއަށް ގެންގޮސްގެން ހައްލުކުރުން - ހޮސްޕިޓަލުގެ އިމަރޖެންސީ ޖަނަރޭޓަރު ހިންގާ ބެލެހެއްޓުމާއި،އެއަށް ތެޔޮ އެޅުމާއި، ތެޔޮބަދަލުކުރުމާއި، ފޮހެ ސާފުކުރުމާއި އަދި ކުރަންޖެހޭ ސާރވިސްކުރުވުން އަދި ކުއްލި ޙާލަތުގައި ޖަނަރޭޓަރުގެ ބޭނުންކުރަން ޖެހިއްޖެނަމަ ކުރެވޭގޮތަށް ކޮންމެ ދުވަހަކުވެސް ޗެކްކޮށް ބެލެހެއްޓުން. - ހޮސްޕިޓަލުގައި ބޭނުންކުރާ ބަޔޯމެޑިކަލް މެޝިނަރީޒް އަދި އިންސްޓްރޫމެންޓްސް ވޯޑު މެނޭޖަރުގެ މަޝްވަރާ އާއި އެކު އިންސަރވިސްކޮށް ކެލިބަރޭޓް ކުރުމާއި މަރާމާތުކޮށްދެވޭ ފަދަ ތަކެތި މަރާމާތުކޮށްދިނުން އަދި މަރާމާތު ނުކުރެވޭފަދަ ތަކެތި ސުޕަވައިޒަރުގެ ލަފާގެމަތިން ކުރިއަށް ގެންދިއުން - ހޮސްޕިޓަލުގައި ބޭނުން ކުރެވޭ މެޝިނަރީޒްތަކާއި ފަރުނީޗަރުތައް އެއްތަނުން އަނެއްތަނަށް ބަލުކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އޭސީތައް މަދުވެގެން މަހަކު އެއްފަހަރު ސަރވިސްކޮށް މަރާމާތުކޮށް ބެލެހެއްޓުން. - ހޮސްޕިޓަލުގައި ދުއްވާ އުޅަނދުފަހަރާއި ވެހިކަލްތަކަށް ލިބޭ ގެއްލުންތައް ރަގަޅުކުރުމުގައި ކުރަންޖެހޭ މަރާމާތުތަކާއި މިނޫންވެސް މިބާވަތުގެ އެންމެހައި ކަންތައްތައްކުރުން. އަދި މަރާމާތު ނުކުރެވޭފަދަ ތަކެތި ސުޕަވައިޒަރުގެ ލަފާގެމަތިން ކުރިއަށް ގެންދިއުން - ހޮސްޕިޓަލުގައި ބޭނުންކުރާ ސެޕްޓިކް ޓޭންކުގެ މަސައްކަތްތައް ކުރެވޭހިނދު އެކަމަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ދިނުން. - ހޮސްޕިޓަލުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ބަލަހައްޓާ އެކަންތައްތައް ކުރުން. - ހޮސްޕިޓަލުގެ ބެހެއްޓިފައިވާ ވޯޓަރ ޕިއުރިފަޔަރ ތަކުގެ ފިލްޓަރތައް ޤަވާއިދުން ސާފުކޮށް ބެލެހެއްޓުން. - މެއިންޓެނަންސްގެ މަސައްކަތްތައް ބޭނުންވާ ތަކެތި ދަނެގަނެ ދުރާލާ ރިކުއެސްޓްކޮށްގެން ހޯދުން އަދި އެތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން. - މަސައްކަތް ކުރުމަށް ބޭނުންކުރާ ޓޫލްސްތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއި އެޓޫލްސްތައް ސާފުކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި އެއްވެސް ބޭނުމަކަށް އެހެންފަރާތަކާއި ހަވާލުކުރާނަމަ ލޮގު ބެލެހެއްޓުން. |
||||||||||
މަޤާމުގެ ޝަރުޠުތައް: |
-- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވު މާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން - ނޯޓް: މަތީގައިވާ ދެވަނަ ޝަރުޠުން މަޤާމަށް ޝަރުޠު ހަމަކުރުމުގައި،މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ބަހުގެ ދާއިރާ' އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް 3 ގެ ޝަރުޠުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި ( އެ ސަނަދުން މަޤާމަށް ޝަރުޠު ހަމަވާކަމުގައި ) ބަލަންވާނެއެވެ. |
||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް: - ނެތް |
|||||||||||
ކޯ ޑިސިޕްލިންތައް: - ނެތް |
|||||||||||
ޕްރިފަރޑް ޑިސިޕްލިން - ނެތް |
|||||||||||
ގުޅޭ ވަޒީފާގެ ދާއިރާތައް: - އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖީނިއަރިންގ |
|||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް 2A ޝީޓުން މުޅިއެކު 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ. |
||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މެއި 2023 ގެ 13:30 ގެ ކުރިން، ފުވައްމުލަކު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފްކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމް ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،2023 ޖޫންމަހުގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |