މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެންވަޔަރަންމެންޓް އިންޕެކްޓް އެސެސްމެންޓެއް ހަދާނެ ފަރާތެއް ހޯދުން

މިކުންފުނީގެ ފަރާތުން އައްޑޫ ސިޓީ ހުޅުދޫގައި އަލަށް ހެދުމަށް ނިންމަވާފައިވާ މަސްގަންނަ ފެސިލިޓީ ހަދާ ސަރަޙައްދުގެ އެންވަޔަރަންމެންޓް އިންޕެކްޓް އެސެސްމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ އަދި މިފަދަ މަސައްކަތެއް ކޮށްދެއްވިދާނެ ޤާބިލުކަން ހުރި ފަރާތްތަކުން 1 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.                  

01 ރަބީޢުލްއާޚިރު 1436

21 ޖަނަވަރީ 2015
ހޯދާ