ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ލޯގޯ، ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކުރުމުގެ މުބާރާތް

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ، ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވައިލަމެވެ. މުބާރާތާއި ގުޅިގެން ހުށަހެޅޭ ޑިޒައިންތަކުގެތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް 20,000 ރުފިޔާގެ ފައިސާ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަކީ 10 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 އެވެ. ޑިޒައިން ހުށަހަޅާނީ އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް ފޮނުވާނީ [email protected] އަށެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު އަދި ޑިޒައިން ހުށަހަޅަންޖެހޭ ގޮތުގެ ތަފްޞީލް މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9185819 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

22 މޭ 2023
ހޯދާ