ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު: 2011/17 ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ގެ ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

 

މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު: 2011/17 ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ގެ ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ގެ ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 22 މެއި 2023 ވާ ހޯމަ ދުވަހުން ފެށިގެން 28 މެއި 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

30 މެއި  2023 (އަންގާރަ)

11:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީގެ މައި އޮފީސް (މ. ސީޓްރެކް ބިލްޑިންގ / 02 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

 

22 މޭ 2023
ހޯދާ