މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މީދޫ ސްޕޯޓްސް އެރީނާގެ އުތުރުބިތުގެ ފާރާއި ފެންސް ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. ރ. މީދޫ ސްޕޯޓްސް އެރީނާގެ އުތުރުބިތުގެ ފާރާއި ފެންސް ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުން އޮންނާނީ 2023 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.
  3. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2023 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ލިޔެވިފައި އޮންނަންވާނެއެވެ.

މަސައްކަތް ހަވާކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.    

 

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

02 ޛުލްޤައިދާ 1444

22 މެއި 2023

22 މޭ 2023
ހޯދާ