ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

         ހދ. ނޮޅިވަރަމުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 210 ބަންޑާރަ ގޯތި ދޫކުރުމަށް ނޮޅިވަރަމު ކައުންސިލްގެ 04 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށްފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކުން މިއަދުން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިދެންނެވި 210  ދޫކުރުމަށް ހަމަޖެހިފައިވަނީ 02 ބުރަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ބުރުގައި ދޫކުރަން ހަމަޖެހިފައިވަނީ 160 ގޯއްޗެވެ. މީގެތެރެއިން 10 ގޯތި ޙާއްޞަ ކުރެވިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ތަޙައްމަލު ކުރަމުންދާ  ނޮޅިވަރަމުގެ ރަށްވެހީންނަށްވާން ބޭނުންވާ ފަރާތްތަކަށެވެ.

 

      ގޯތި ދޫކުރުމަށް ހދ ނޮޅިވަރަމު ކައުންސިލުން ނިންމާފައިވަނީ ރަށުގެ އިރުމަތި ފަރާތުން 100 ގޯތި އަދި ހުޅަނގު ފަރާތުން 60 ގޯއްޗެވެ.

      ވީމާ، މިސަރަހައްދުން ގޯއްޗަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ.

 ހދ.ނޮޅިވަރަމުން ބަންޑާރަ ގޯއްޗަށްއެދި ހުށަހަޅާފޯމާއި، ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުޞޫލު، އަދި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގެ ޗާޓް އިޢުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. މިއުޞޫލާއި، ހދ.ނޮޅިވަރަމުން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމް ނޮޅިވަރަމު ކައުންސިލްގެ އިދާރާއިންނާއި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.

 

       ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 10:00 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

22 މޭ 2023
ހޯދާ