މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ICCR Scholarship 2023/2024

މިއީ މި މިނިސްޓްރީން 17 އޭޕްރީލް 2023 ގައި ކުރެވުނު 30/IUL)475-Schol/475/2023) ނަންބަރު އިޢުލާނަށް މުއްދަތު އިތުރުކުރެވިފައިވާތީ ކޮށްފައިވާ އިޢުލާނެކެވެ.

 

އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު) ގެ ފަރާތުން ތިރީގައި މިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް އެފަރާތުންވަނީ އަންގަވާފައެވެ.

 

#

ސްކޮލަރޝިޕް ސްކީމް

ޢަދަދު

1

އެއިޑް ޓު މޯލްޑިވްސް  ސްކޮލަރޝިޕް ޕްލޭން

20 ފުރުޞަތު

2

ޖެނެރަލް ސްކޮލަރޝިޕް ސްކީމް

10 ފުރުޞަތު

3

ކޮމަންވެލްތު ސްކޮލަރޝިޕް

4 ފުރުޞަތު

 

 

 

 

 

 

މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުންނެވެ.

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 މޭއި 2023 ވާ ބުދަ ދުވަހެވެ.

 

މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކުން ލިބެން ހުންނާނެއެވެ.

www.a2ascholarships.iccr.gov.in

 

...............................................................................................................................................................................

 * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

22 މޭ 2023
ހޯދާ