ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތަށް އައި.ޓީ ހާރޑްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 މެއި 22 ވާ ހޯމަ ދުވަހުން ފެށިގެން 2023 މެއި 30 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ލިންކް: https://forms.office.com/r/ffkuEDt1DT
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މެއި 2023 ވާ ބުދަ ދުވަހުގެ 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
02 ޒުލްގައިދާ 1444