މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕާރޓިޝަން ޖެހުމާއި، ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި ޕާރޓިޝަން ޖެހުމާއި އަދި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/3)ފ(06 ޖަނަވަރީ 2015) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި ޕާރޓިޝަން ޖެހުމާއި އަދި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ޖަނަވަރީ 2015 ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

02 ރަބީޢުލްއާޚިރު 1436       

22 ޖަނަވަރީ 2015
ހޯދާ