ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު:TEB/2013/91
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް، ބ.އޭދަފުށީގައި ތިއްބަވާ ފުލުހުންގެ ބޭފުޅުންނާއި، ކުށުގެ ތުހުމަތުގައި ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)13-K/13/2014/308) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މިސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި 02 ފެބުރުވަރީ 2015ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 03 ފެބުރުވަރީ 2015ވާ އަންގާރަ ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި ބ.އޭދަފުށީ ޕޮލިސް ސްޓޭޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 11 ފެބުރުވަރީ 2015ވާ ބުދަ ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައާއި ބ.އޭދަފުށީ ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
4. މި ޕްރޮޖެކްޓްގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
5. މިޕްރޮޖެކްޓްތައް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ވިލިނގިލީގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.
6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަސް ވަންދެން އެކްސްޕީރިއެންސްގެ ބަޔަށް މާކްހެއް ނުދެވޭނެއެވެ.
7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:
- މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
- ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
- ޓެކްނިކަލް (ދެވޭ މާކްސް 5)
- މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)
8. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިޕްރޮޖެކްޓްގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.