ދިވެހިރާއްޖެ
ވިލުފުށީ ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތް 2023 ޖޫން 08 އިން 11 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މޭ 31 ވަނަ ދުވަހުގެ 13:30 ގެކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
| މުބާރާތުގައި ބައިވެރިވުން: | މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތުގެ ޤަވާޢިދުގައި، މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މިމުބާރާތުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. 
 | 
| ބައިވެރިވުމަށް އެދޭ ފޯމު ލިބެންހުންނާނެ ތަންތަން: | 
 
 | 
| ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: | ބައިވެރިވާން އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ފޯމާއެކު ހުށަހަޅަން ވާނެއެވެ. 
 | 
| ސުންގަޑި: | މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2023 މޭ 31 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ވިލުފުށީ ކައުންސިލްގެ އިދާރާއަށް ފޯމުހުށަހަޅަން ވާނެއެވެ. | 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
 
                    