ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނެއްލައިދޫ ސިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކުރުމަށް ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުން
މި އިޢުލާނަކީ ނެއްލައިދޫ ސިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު (IUL)KRH-PLD/2023/69 (14 މޭ 2023) އިއުލާނާއި ގުޅިގެން މި ހޮސްޕިޓަލަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު އެކަށީގެންވާ ވަރަށް ވުރެ ބޮޑު ކަމަށް ފެންނާތީ، ކުރެވިފައިވާ ޢިއުލާން ބާތިލުކުރުމަށްފަހު އަލުން ކުރެވޭ އިޢުލާނެކެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 21 މޭ 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 30 މޭ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00ގެ ނިޔަލަށް[email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
- މި އިއުލާނަށް ރަޖިސްޓަރ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ފޮނުއްވާ އީމެއިލްތަކުގެ ސަބްޖެކްޓް ގައި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 03 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 31 މޭ 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުންއެދެމެވެ.
- މަޢުލޫމާތު ކަރުދާހާއެކު މި އިޢުލާނާއިގުޅޭ މަޢުލޫމާތުތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް ނުވަތަ ނެއްލައިދޫ ސިއްހިމަރުކަޒު)
- ތާރީޚް: 01 ޖޫން 2023 (ބުރާސްފަތި)
- ގަޑި: 11:00 ގައި
21 މޭ 2023
ހޯދާ