މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. ނަރުދޫ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ބޭނުންވާ ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން (ތިންވަނަ ފަހަރު)
އިޢުލާން
ށ. ނަރުދޫ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ބޭނުންވާ ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން (ތިންވަނަ ފަހަރު)
- މިކައުންސިލުން ދޭ މިރަށުގެ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ބޭނުންވާ ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)278/278/2022/13 (10 އޭޕްރީލް 2023) އިޢުލާނާއި ގުޅިގެން ޝަރުޠު ފުރިހަމަވާ ބިޑެއް ލިބިފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2023 މޭ 28 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މޭ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނުގައިވާ އީމެއިލް އެޑްރެހަށް، އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖޫން 06 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ނަރުދޫ
ދިވެހިރާއްޖެ
ފޯން: 6540049
އީމެއިލް: [email protected]
ކޮޕީ މެއިލް: [email protected]
21 މޭ 2023
ހޯދާ