މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ވެހިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިއުލާން

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ވެހިކަލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އެހީތެރިކަމާއެކު، މި މިނިސްޓްރީއިން ތަންފީޛުކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، ސިންގަލްވިންޑޯ ނިޒާމުގެ އޮޕަރޭޓަރ ކުންފުނިކަމުގައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ވެހިކަލެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ކުރި ނަންބަރ: (IUL)101-AS/1/2022/173 (25 ޖުލައި 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބީލަން ހުށަހަޅާފައިނުވާތީ، ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް، ބީލަން އަލުން ހުށަހެޅުމުގެ ފުރުޞަތު، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިބީލަންގެ ކަންކަން ކުރިއަށްގެންދާނީ އޭ.ޑީ.ބީ ގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ރިކުއެސްޓް ފޮ ކޯޓޭޝަން (އާރް.އެފް.ކިއު)ގެ އުސޫލުތަކާއި އެއްގޮތަށެވެ. ވިމާ، ބީލަން ކާމިޔާބުކުރާ ފަރާތާއެކު ޚިދުމަތާއި ތަކެތި ހޯދުމަށް މި މިނިސްޓްރީއިން ސޮއިކުރާ އެއްބަސްވުން އެކުލަވާލެވޭނީ، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އޭ.ޑީ.ބީ ގެ ޝަރުތުތައް ނުވަތަ ޓާރމްސް އެންޑް ކޮންޑިޝަންސް އާއި އެއްގޮތަށެވެ.

ވެހިކަލް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 24 މެއި 2023 ވާ ބުދަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަގު ހުށަހަޅުއްވާ ފަރާތްތަކުން 05 ޖޫން 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ)  އަށް ވަޑައިގެންއަގު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް އަގު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، ގެޒެޓްގައި ޝާއިޢުކޮށް އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7988802 އަށް ގުޅުއްވުން އެދެމެވެ.

އަގު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛

  1. ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)
  3. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  4. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
  5. އަގުހުށަހަޅާ ތަކެތީގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
  6. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  7. ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)

މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި/ލިޔުންތައް ހަމަ ނޫން ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

21 މެއި 2023

21 މޭ 2023
ހޯދާ