ދިވެހިރާއްޖެ
މިއަހަރު ސްކޫލް ބަންދާއި ޖުލައި 26 އާއި ގުޅިގެން އަންނަ ބޮޑު ޗުއްޓީއާއި ދިމާކޮށް ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ކުޅިވަރު ތަރައްޤީކުރުމުގެ މަޤްސަދުގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ކުޅިވަރު (ދެ ޖިންސުގެ ވޮލީ އަދި ފިރިހެން ފުޓްސަލް) މުބާރާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މުބާރާތްތައް ފެއްޓުމަށް ހަމަޖެހިފައިވާ ތާރީޚުތައް ތިރީގައިވަނީއެވެ.
- ދެ ޖިންސުގެ ވޮލީބޯޅަ މުބާރާތް – 20 ޖުލައި 2023
- ފިރިހެން ފުޓްސަލް މުބާރާތް – 27 ޖުލައި 2023
ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމުގެ ޝައުޤުވެރިވާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 15 ޖޫން 2023 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް ދަންނަވަމެވެ. ހަމަމިއާއެކު 6 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ޓީމް ލިސްޓް ހުށައެޅުމަށް ދަންނަވަމެވެ. މުބާރާތަކުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް މެއިލް ކުރާ ފަރާތްތަކުން ތިރީގައި ދެވިފައިވާ މެއިލް އެޑްރެހަށް ފޮނުވާ ދެއްވުން އެދެމެވެ. މި މުބާރާތްތަކުގެ ގުރުލުން އޮންނާނެ ތާރީޚާއި ގަޑި މުބާރާތްތަކުގައި ބައިވެރިވުމަށް އެދިފައިވާ ފަރާތްތަކަށް ލިޔުމުން އެންގޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު
- ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
- ފޯން: 4002625
- އީމެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
1 ޛުލްޤައިދާ 1444
21 މެއި 2023