ދިވެހިރާއްޖެ
އެސްޓީއޯ ސ. ހިތަދޫ ފިހާރައިގެ ވިޔަފާރިއަށް ގެންދެވޭ މުދާ ބޯޓުތަކުން ބާލައިގެން ގޮސް އެސްޓީއޯ ސ. ހިތަދޫ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 25 މޭ 2023ވާ ބުރާސްފަތި ދުވަހު 1100 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް، 25 މޭ 2023 ވަނަ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 29 މޭ 2023 ވަނަ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 29 މޭ 2023 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހަޅަންވާނީ 1 ޖޫން 2023 ވަނަ ދުވަހު 1100،[email protected] އީމެއިލް އެޑްރެސް އަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ފޮނުވާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344167
އީމެއިލް: [email protected]