މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޓޯވ ކޮށްފައިވާ (ނަގާފައިވާ) އެއްގަމު އުޅަނދުގެ މައުލޫމާތު

އިޢުލާން

މިހާރު ޢަމަލު ކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޕާކްކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން، ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ޓޯވ ކޮށްފައިވާ (ނަގާފައިވާ) އެއްގަމު އުޅަނދުގެ މަޢުލޫމާތު އާންމުކޮށް އިޢުލާން ކުރަމެވެ.

ވީމާ، މި އިޢުލާނާ އެޓޭޗްކުރެވިފައިވާ ލިސްޓުގައިވާ އުޅަނދުތަކުގެ ވެރިން ނުވަތަ އުޅަނދާ ހަވާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތަކުން މޯލްޑިވެސް ޕޮލިސް ސަރވިސަސްގެ ޓޯވޔާޑަށް ވަޑައިގެން 5 ފެބުރުވަރީ 2015 ގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އުޅަނދުތަކާ ހަވާލުވެވަޑައިގެން ގެންދެވުމަށް ދެންނެވީމެވެ.

މި މުއްދަތުގައި ހަވާލުނުވެހުރި އެއްގަމު އުޅަނދުތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ.  

29 ރަބީޢުލްއައްވަލް 1436

20 ޖަނަވަރީ 2015
ހޯދާ