ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

މިރަށުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެކަންޏެވެ. މިގޮތުން އެހީދިނުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތިރީގައި އެވަނީއެވެ.

މަޝްރޫޢުތައް

އެހީގެ މިންވަރު

ނުރަސްމީ ތަޢުލީމުގެ ތެރެއިން ޕްރީ-ސްކޫލުގެ އުމްރާނީ ވަސީލަތްތައް ޤާއިމްކުރުން

50,000  (ފަންސާސް ހާސް ރުފިޔާ)

ވިލުފުށީ ސްކޫލުގެ ކުރިމަތިން އޮތް ހުސް ޖާގައިގާ ބެލެނިވެރިންގެ ހިޔާއެއް ތަރައްޤީކުރުން

ތިމާވެށި ހިމާޔަތްކުރުމާއި އެކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުން

 

                  ވީމާ، އިސްވެ ދެންނެވުނު މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުމަށް ފައިސާގެ އެހީއަށްއެދި 2023 ޖޫން 22 ވަނަ ދުވަހުގެ 14:00 ގެކުރިން ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. ޖަމާޢަތުގެ ފައިދާއަށް ހުށަހެޅޭ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހަޅާނީ، އެކަމަށްޓަކައި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުގައިވާ ފޯމެޓާއި އެއްގޮތަށް، އޭގައިވާ ލިޔުންތަކާއެކުގައެވެ.

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701/7977727 އަށް ގުޅުއްވުން އެދެމެވެ.

18 މޭ 2023
ހޯދާ