ދިވެހިރާއްޖެ
ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ކުރަމުން ދަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރުމަށްޓަކައި ހަދާފައިވާ ޓެމްޕަރަރީ ބެޑް ގިރައިގެން ގޮސްފައިވާތީ މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ވެލި ބޭނުންވާކަމަށް ކޮންޓްރެކްޓަރ މިނިސްޓްރީއަށް އަންގާފައިވާކަމަށާއި، މި މަޝްރޫޢުގެ އެކި ބޭނުމަށް ބޭނުންވާ ވެލި ހޯދުމަށް ރާވާފައިވަނީ ކުރިން ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް ފަހުގައި ކަމަށާއި އަދި ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ރަށުގައި މިހާރު ހަދާފައިވާ ކޯޒްވޭ ރޫޅާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމާ 2023 މޭ 21 ވަނަ ދުވަހުން ފެށިގެން ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ނިމެންދެން، މަޑަވެލިން ހޯނޑެއްދޫއަށް ދަތުރުކުރުމަށް ބޭނުންކުރާ މަގު/ކޯޒްވޭ ބޭނުން ނުކުރެވޭނެ ކަމަށް އެމިނިސްޓްރީގެ ނަންބަރު: 471-EDS/417/2023/6 (16 މޭ 2023) ސިޓީން މިކައުންސިލަށް އަންގާފައިވެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.