ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ވަޒީފާގެ ފުރުޞަތު

މިއޮފީހުގެ ނަންބަރު 55/2014/1/C-196(IUL) 15 ޑިސެންބަރު 2014 އިޢުލާނު ބާޠިލުކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:                ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:           01

މުސާރަ:               -/11,158 ރުފިޔާ

ލިވިންގ އެލަވަންސް:        -/3,000 ރުފިޔާ

ރިސްކް އެލަވަންސް:        -/2,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     ލ. އަތޮޅު ގޮފި/ ގަމު

މަޤާމުގެ މަސްއޫލިއްޔަތު:   މިއޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:   ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހުގެ ކިޔެވުން ފުރިހަމަކުރުމަށްފަހު، ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ވަގުތީ ނަތީޖާތައް ހުށަހެޅިދާނެއެވެ.)

އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް މަހަކު -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 03 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])

05 ރަބީއުލްއާޚިރު 1436

26 ޖަނަވަރީ 2015
ހޯދާ