ދިވެހިރާއްޖެ
މިކައުންސިލާއި ގުޅިގެން މިއަހަރު އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް، އަޟްޙާ ޢީދު ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ މިރަށަށް ނިސްބަތްވާ ޖަމްޢިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ޕްރޮޕޯސަލްގައި އަޟްހާ ޢީދު ޙަރަކާތްތަކާއި، ޙަރަކާތްތައް ކުރިއަށް ގެންދާނެގޮތުގެ ތާވަލާއި ޙަރަކާތްތަކަށް ފައިސާ ހޯދާނެގޮތާއި ހިނގާނެ ޚަރަދު އަދި އިންތިޒާމްކުރާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2023 މޭ 29 ވަނަ ދުވަހުގެ 13:00 ގައި ހޯނޑެއްދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އަޟްހާ ޢީދު ޙަރަކާތްތައް ހިންގާނެ ޖަމްޢިއްޔާއެއް ހޯދުމަށް މާކްސް ދެވޭނެގޮތް؛
1- ހުށަހަޅާ ޕްރޮޕޯސަލް 100 މާކްސް (އެންމެ ރަނގަޅު ޕްރޮޕޯސަލަކަށް 100 މާކްސް ލިބޭގޮތަށް)
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.