ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

1.      ޖަލްސާގެ ދަޢުވަތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ. ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 މޭ 2023 ވާ ބުދަ ދުވަހުގެ 20:30 ގައި، ހުޅުމާލެ ސެންޓްރަލް ޕާކް އަދި އޮންލައިކޮށް، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

 2.      ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މި ޖަލްސާގައި ބައިވެރިވެވޭނީ 24 އޭޕްރިލް 2023 ވީ ހޯމަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމުގައި 3 އޭޕްރީލް 2023 ގައި ޝާއިޢުކޮށްފައިވާ، މި ކުންފުނީގެ ނަންބަރު 60-ADM/2023/118  އިޢުލާނުން ވާނީ އެންގިފައެވެ.

 3.      ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  2. ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އެހުން؛

2.1.   30 މޭ 2022 ވީ ހޯމަ ދުވަހު ބޭއްވި މި ކުންފުނީގެ 2021 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ.

2.2.   2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް.

2.3.   2022 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތައް.

2.4.   ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާ.

2.5.   2023 ވަނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.

2.6.   ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން ޢައްޔަންކުރުން.

2.6.1.   ސަރުކާރުގެ ފަރާތުން ޑިރެކްޓަރުން ހޮވުން.

2.6.2.   ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރ ހޮވުން. 

3. ވޯޓުގެ ނަތީޖާ އިޢުލާންކުރުން.

4. ފާއިތުވި އަހަރު ކުންފުނީގެ ޕަރފޯމަންސް ރިޕޯޓް ހުށަހެޅުން.

5. ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބުދެއްވުން.

6. ޖަލްސާ ނިންމުން.

 4. ޖަލްސާއަށް ރަޖިސްޓަރީކުރުން

  • މި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މި އަހަރު 3 ގޮތަކަށް ބައިވެރިވެވިދާނެއެވެ. އެއީ ޖަލްސާއަށް ހާޒިރުވާގޮތަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ނުވަތަ މައިކްރޮސޮފްޓް ލައިވް އިވެންޓްސް މެދުވެރިކޮށް އޮންލައިންކޮށެވެ.
  • މި ޖަލްސާގައި ޕްރޮކްސީގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުންވެސް، މި އަަހަރު، ޖަލްސާއަށް ރަޖިސްޓަރީކުރަންވާނެއެވެ.
  • މި ޖަލްސާއަށް ރަޖިސްޓަރީކުރުމަށް ހަމަޖެހިފައިވަނީ portal.sto.mv މެދުވެރިކޮށެވެ.
  • މި ޕޯޓަލްއަށް ކުންފުނީގެ ވެބްސައިޓްގައި ހޮސްޓްކުރެވިފައިވާ، agm.sto.mv ވެބް ޕޭޖުންވެސް ލޮގްއިން ކުރެވޭނެއެވެ.
  • ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 30 މޭ 2023 ވާ އަންގާރަ ދުވަހުގެ 20:30 ގެ ކުރިން، މި ވެބް ޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ޕްރޮކްސީ ޢައްޔަންކުރާއިރު، ކުންފުނީގެ ހިންގާ ގަވާއިދުގެ 44  ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އައްޔަންކުރުމަށް ހަނދުމަކޮށްދެމެވެ.
  • ކޮންމެ ހިއްސާދާރަކަށްވެސް އޭނާގެ ބަދަލުގައި ޖަލްސާގައި ބައިވެރިވެ، ވޯޓު ދިނުމަށް އައްޔަންކުރެވޭނީ 1 (އެކެއް)  ޕްރޮކްސީއެވެ. އެކަކަށްވުރެއް އިތުރު ފަރާތްތަކަށް ޕްރޮކްސީ ދީފައިވާ ހާލަތުގައި، އެ ފަރާތެއްގެ ނަމުގައި ހުށަހަޅާފައިވާ ހުރިހާ ޕްރޮކްސީއެއް ބާތިލްކުރެވޭނެއެވެ.
  • ޕްރޮކްސީ ޤަބޫލްކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 (ސަތޭކަ) މެންބަރުންގެ ޕްރޮކްސީއެވެ.

 5.  ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލްކުރުން.

ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލްކުރަން އެދޭ ހިއްސާދާރުން، 31 މޭ 2023 ވާ ބުދަ ދުވަހުގެ 19:30 ގެ ކުރިން "ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް " ފުރިހަމަކުރުމަށްފަހު [email protected] އަށް ފޮނުވަންވާނެއެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 6.  ޖަލްސާގައި  ވޯޓުދިނުން

2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައިވެސް ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، "އެސްޓީއޯ ޕޯޓަލް" މެދުވެރިކޮށް، އޮންލައިންށެވެ.

  • "އެސްޓީއޯ އޭ.ޖީ.އޭމް ޕޯޓަލް" އަކީ މީގެ ކުރީ އަހަރުތަކުގައިވެސް އެސްޓީއޯއިން އަހަރީ އާންމު ޖަލްސާގައި ވޯޓުނަގަން ބޭނުންކުރި ސިސްޓަމެވެ.
  • ކުންފުނީގެ އާންމު ޖަލްސާގައި ފާސްކުރާ ކޮންމެ ޤަރާރެއްވެސް ފާސްކުރާނީ މެންބަރުންގެ ވޯޓަށް އަހައިގެންނެވެ.
  • އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޖަލްސާގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސްމާލުގެ ހިއްސާގެ 10% (ދިހައެއް އިންސައްތަ) ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ، ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ، ކޮންމެ މެންބަރަކަށް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް)  ވޯޓު ދެވޭނެއެވެ.
  • ކޮންމެ އައިޓަމަކަށްވެސް ވޯޓު ދެވޭނީ 1 (އެކެއް) ފަހަރުއެވެ. އަދި ވޯޓު ދިނުމަށްފަހު ވޯޓު ބަދަލެއް ނުކުރެވޭނެއެވެ. ޖަލްސާގައި ފާސްކުރާ އައިޓަމްތަކަށް ވޯޓު ދިނުމަށް ވަގުތެއް ކަނޑައެޅޭނެއެވެ. އެގޮތުން ކަނޑައެޅޭ ވަގުތުގެ ތެރޭގައި ވޯޓު ދީ ނިންމަންވާނެއެވެ.
  • ކުންފުނީގެ ހިންގާ ގަވާއިދުގެ 46 ވަނަ މާއްދާގައި ވާގޮތުގެމަތީން، އެއްވެސް އައިޓަމެއްގެ ވޯޓު އެއްވަރު ވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަނަށް ދެވިދާނެއެވެ. އަދި ހިންގާ ގަވާއިދުގެ 45 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން، މިފަދަ ޖަލްސާއެއްގައި ނެގޭ ވޯޓުގެ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

 7. ޖަލްސާގައި ބައިވެރިވުން

 8. ފާސްކުރަން ހުށަހަޅާ އެޖެންޑާ އައިޓަމްތަކާގުޅޭ މަޢުލޫމާތު

އެޖެންޑާ އައިޓަމް  .2.1. 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ

30 މޭ 2022 ވީ ހޯމަ ދުވަހު ބޭއްވި މި ކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ، 27 މޭ 2023 ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން[email protected]  އަށް ފޮނުއްވުން އެދެމެވެ. މި ޑޮކިއުމަންޓް ކުންފުނީގެ ވެބްސައިޓްގައި ވަނީ ޝާއިޢުކުރެވިފައެވެ.

އެޖެންޑާ އައިޓަމް 2.2. އަދި 2.3. 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް

ކުންފުނީގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، 30 އޭޕްރިލް 2023 ވީ އާދީއްތަ ދުވަހު ވަނީ ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައެވެ.

އެޖެންޑާ އައިޓަމް 2.4. ކުންފުނީގެ ފައިދާއިން 2022 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ އަދަދު.

ކުންފުނީގެ ފައިދާއިން 2022 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ، ހިއްސާއަކަށް 77ރ. (ހަތްދިހަ ހަތް ރުފިޔާ) އެވެ. ހިއްސާގެ ފައިދާ ލިބޭނީ 24 އޭޕްރިލް 2023 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން، "ބޭންކަށް ޖަމާކުރަން އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލްކުރުމުން ހިއްސާގެ ފައިދާ ބޭންކަށް ޖަމާކޮށްދެވޭނެއެވެ. މި ފޯމް، ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އެޖެންޑާ އައިޓަމް 2.5. 2023 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު

2023 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފަރމްތަކުން އަގު ހުށަހެޅުމަށް އެދުމުން، އަގު ލިބިފައިވަނީ ތިރީގައިވާ ފަރާތްތަކުންނެވެ.

އޮޑިޓް ފަރމް

އަގު ޔޫއެސް ޑޮލަރުން

ފާއިތުވި އަހަރު އެސްޓީއޯއަށް ދިން ޚިދުމަތް

ޕްރައިސްވޯޓަރހައުސްކޫޕަރސް

63,800

ފާއިތުވި 3 އަހަރު ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން

އަރނެސްޓް އެންޑް ޔަންގް

67,500

-

މި ދެ ފަރާތުގެ ތެރެއިން 2023 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާ ފަރާތަކީ 63,800 ޔޫއެސް ޑޮލަރަށް ޕްރައިސްވޯޓަރހައުސްކޫޕަރސްއެވެ. 

އެޖެންޑާ އައިޓަމް 2.6. ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުރުން

ކުރިޔަށް އޮތް ދައުރަށް، ސަރުކާރުން އައްޔަންކުރާ 6 މެންބަރުންނާއި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިހާބްކުރާ 1 މެންބަރު ހޮވުމަށްޓަކައި، ނަން ހުށަހެޅުމަށް ނޯޓިސް ދީފައިވަނީ 1 އޭޕްރިލް 2023 ގައެވެ. އަދި މި ފުރުސަތު ހަމަވެފައިވަނީ 24 އޭޕްރިލް 2023 ގައެވެ.

އެޖެންޑާ އައިޓަމް 2.6.1. ސަރުކާރުގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރުން ހޮވުން.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނަށް ބަދަލެއް ނުގެންނަކަމަށް، 14 މޭ 2022 ގައި ލިބުނު މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 454/60/2023/6 ސިޓީއިން ވަނީ އަންގަވާފައެވެ. އެގޮތުން، ކުރިޔަށް އޮތް ދައުރަށް، ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާނެ ފަރާތްތަކުގެ ގޮތުގައި ލިބިފައިވާ ނަންތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

1. އަލްފާޟިލް ޙާމިދު ނަޝީދު މުޙައްމަދު / މއ. ޗަނބޭލީމާގެ

2. އަލްފާޟިލް ޢަބްދުﷲ ސަޢީދު / މއ.ކޮށީގެ

3. އަލްފާޟިލް މުޙައްމަދު ނިޒާމް / ނަސީމީ ހައުސް، ހއ. ހޯރަފުށި

4. އަލްފާޟިލް ޝިމާދު އިބްރާހިމް / ދިލްޝާދުގެ، ގއ. ދެއްވަދޫ

5. އަލްފާޟިލް އިސްމާޢީލް ޒުމައިލް ރަޝީދު / މ. އައިޝަތު މަންޒިލް

6. އަލްފާޟިލް ޤައިސް އިސްމާޢީލް / އަންޑާޕޫލްގެ، ގއ. ދާންދޫ

މި ފަރާތްތަކުގެ ވަނަވަރު، agm.sto.mv އިން ފެންނަން ހުންނާނެއެވެ.

އެޖެންޑާ އައިޓަމް 2.6.2. ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރ ހޮވުން

2024-2023 ވަނަ އަހަރަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 5 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. މި މަޤާމަށް ނަން ހުށަހެޅުއްވި ފަރާތްތަކުން ހުށަހެޅުއްވި ޑޮކިއުމަންޓްތަކާއި، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ކުރެއްވި އިންޓަވިއުއަށް ރިޢާޔަތްކޮށް، އެ ކޮމިޓީން ހުށަހެޅުއްވި ރެކޮމެންޑޭޝަންއާއި އެއްގޮތަށް، އަހަރީ އާންމު ޖަލްސާގައި އިންތިޚާބްކުރުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަކީ؛

  1. އަލްފާޟިލާ ފާތިމަތު ޒުބްނާ އަދުނާން / މ. މެއިންޒް
  2. އަލްފާޟިލް އަބްދުﷲ ސަޢީދު / ވ. ޝެހެނާޒް މަންޒިލް
  3. ޗަމްޕާ ބްރަދަރޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަލްފާޟިލް މުޙައްމަދު އަޙްސަން ސަލީމް / މއ. ޓިޔުލިޕްވިލާ
  4. އަލްފާޟިލާ ޢާއިޝަތު ޙުސެއިން މަނިކު / ހ، ރީނދޫކޮކާ

މި ފަރާތްތަކުގެ ވަނަވަރުވެސް، agm.sto.mv އިން ފެންނަން ހުންނާނެއެވެ.

9.   ޑިރެކްޓަރުންނާއި ކުރަން ބޭނުންވާ ސުވާލުތައް ނުވަތަ ކުންފުނީގެ ކަންކަން ރަނގަޅުކުރުމަށް ދޭން ބޭނުންވާ ހިޔާލުތައް

2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ ހިސާބުތަކާއި ގުޅޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއްވާނަމަ ނުވަތަ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އައިޓަމަކާމެދު ސުވާލެއްވާނަމަ، ނުވަތަ އަހަރީ އާންމު ޖަލްސާއާގުޅިގެން ކުންފުނިން ހާމަކޮށްފައިވާ މަޢުލޫމާތަކާބެހޭގޮތުން ޑިރެކްޓަރުންގެ ބޯޑާއި ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ ކުންފުނީގެ ކަމެއް ރަނގަޅުކުރުމަށް ހިޔާލެއް ދެއްވަން ބޭނުންފުޅުވާނަމަ 30 މޭ 2023 ވާ އަންގާރަ ދުވަހުގެ 20:30 ގެ ކުރިން، [email protected]  އީމެއިލް އެޑްރެހަށް ނުވަތަ ކުންފުނީގެ ވެބްސައިޓްގައިވާ agm.sto.mv  ވެބް ޕޭޖްގައި ހިމެނޭ ފެސިލިޓީ މެދުވެރިކޮށް، ސުވާލާއި ހިޔާލު ފޮނުއްވުމަށް، ހުރިހާ ހިއްސާދާރުންނަށް ދަންނަވަމެ.

18 މޭ 2023
ހޯދާ