މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމިކަމުގެ ސެޓްފިކެޓް 2 ގެ ކޯހެއް ހިންގުން

އިޢުލާން

 އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިޔުކޭޝަނާއި، މިކައުންސިލް ގުޅިގެން މިއަތޮޅުގެ ރަށެއްގައި ނިޔަމިކަމުގެ ސެޓްފިކެޓް2 ގެ ކޯހެއް އަންނަ ޖޫންމަހުގެތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  މިކޯހުގެ މުއްދަތަކީ 30 ގަޑިއިރެވެ.  އަދި ކޯހުގެ ފީއަކީ -/1000ރ އެވެ.  ކޯހުގެ މުއްދަތުގައި ކޯސްބާއްވާ ރަށް ފިޔަވާ އެހެން ރަށްރަށުން ބައިވެރިވާ ބައިވެރިންނަށް އަތޮޅު ކައުންސިލުން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  ކޯސް ބާއްވާނެ ރަށެއް ކަނޑައަޅާނީ ރަށްރަށުން ބައިވެރިވާ ޢަދަދަށްބަލާ މިކައުންސިލުންނެވެ.

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި އެވާ ލިންކު މެދުވެރިކޮށް 2023 މެއި 31 ގެކުރިން ފޯމު ފުރިހަމަކުރުން އެދެމެވެ.  އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ 6540420، 6540423 ފޯނާއި ގުޅުއްވުމުން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

‏27 ޝައްވާލް 1444

‏17 މެއި   2023

 

https://forms.office.com/r/HcPde0dumG    ލިންކް:

17 މޭ 2023
ހޯދާ