ދިވެހިރާއްޖެ
ނަންބަރ: HDC(161)-REM/IU/2023/257
އިޢުލާން |
އުނިމާ ޕާކިންގ ގެ ހުސް ޖާގަތަކަށް އަލުން ކުރިމަތިލުމާ ގުޅޭ
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވެހިކަލް ޕާކު ކުރުމަށް ބޭނުންވާ ޖާގަ ހުޅުމާލެ ރެޑްވޭވް މެގަމޯލް ފުރަގަސް، ހުރަވީ ސްކޫލް ސަރަހައްދު ކައިރީގައި ތަރައްޤީކޮށްފައިވާ އުނިމާ ޕާކިންގ ޒޯން އިން 1 (އެއް) އަހަރު ދުވަހުގެ މުއްދަތަކަށް ޖުމްލަ 10 ޕާކިން ޖާގަ ކުއްޔަށް ދިނުމަށް މިކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
ބީލަން ކުރިއަށް ގެންދިއުމުގެ މަރުހަލާތައް
ތަން |
ތާރީޙާއި ގަޑި |
މަރުހަލާތައް |
އެގޒިބިޝަން ސެންޓަރ، އެޗް.ޑީ.ސީ ބިލްޑިންގ، ގްރައުންޑް ފްލޯރ |
ތާރީޙް: 11 ޖޫން 2023 (އަންގާރަ) ގަޑި: 13:00 އާއި 14:00 އާ ދެމެދު |
ބީލަން ފޯމު ބަލައިގަތުން |
ތާރީޙް: 11 ޖޫން 2023 (އަންގާރަ) ގަޑި: 14:30 |
ބީލަން ފޯމު ހުޅުވުން |
ބީލަން ފޯމު ހުށައެޅުމާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މި ކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރު 1516 އާ ގުޅުއްވުން އެދެމެވެ.
27 ޝައްވާލް 1444
17 މޭ 2023