ދިވެހިރާއްޖެ
MSS/2023/302
ޢިއުލާން
މިކުންފުނީގެ ސްކޮލަރޝިޕް ޕްރޮގްރާމް "ކަލާސީން" ގެ ދަށުން 2023 ވަނަ އަހަރުގައި ދިވެހި ރާއްޖެއިން ބޭރުގައި ދިވެހިން މެރިޓައިމް ދާއިރާއަށް ތަމްެރީނުކުރުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕްގެ ފުރުޞަތުތައް ތިރީގައި ދެންނެވީމެވެ.
1. ކޯހުގެ ނަން: ނެވިގޭޝަން އޮފިސަރ ކެޑޭޓް ޓްރެއިނިންގް ކޯސް
އަދަދު: 02
މުއްދަތު: 36 މަސް
ޝަރުތު: އޭލެވެލް 2 މާއްދާ (ފިޒިކްސް މާއްދާއާއެކު) ފާސްވެފައިވުން
އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
ބޮންޑު: ކޯސް ފުރިހަމަކުރުމާއިއެކު އެމްއެސްއެސްގައި 18 މަސް ދުވަހުގެ ބޮންޑެއް
2. ކޯހުގެ ނަން: އިންޖީން އޮފިސަރ ކެޑޭޓް ޓްރެއިނިންގް ކޯސް
އަދަދު: 02
މުއްދަތު: 36 މަސް
ޝަރުތު: އޭލެވެލް 2 މާއްދާ (ފިޒިކްސް މާއްދާއާއެކު) ފާސްވެފައިވުން
އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
ބޮންޑު: ކޯސް ފުރިހަމަކުރުމާއިއެކު އެމްއެސްއެސްގައި 18 މަސް ދުވަހުގެ ބޮންޑެއް
3. ކޯހުގެ ނަން: ރީފަރ ޓެކްނީޝަން
އަދަދު: 02
މުއްދަތު: 12 މަސް
ޝަރުތު: އޯލެވެލް 3 މާއްދާ (ފިޒިކްސް މާއްދާއާއެކު) ފާސްވެފައިވުން
އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
ބޮންޑު: ކޯސް ފުރިހަމަކުރުމާއިއެކު އެމްއެސްއެސްގައި 12 މަސް ދުވަހުގެ ބޮންޑެއް
ވީމާ، މިކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިކުންފުނީގެ އީމެއިލް [email protected] އަށް 31 ޑިސެންބާރ 2023 ގެ 14:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ. މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެނދުނު 09:00 – 12:00 އާއި މެންދުރު 14:00 – 16:00 އާއި ދެމެދުގައި މިކުންފުނީގެ ނަންބަރު 3029200 އަށެވެ.