ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޑިޒައިންކޮށް، އިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރުކުރުމަށް ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުން.

މި އިޢުލާނަކީ ހދ ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޑިޒައިންކޮށް، އިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)KRH/PLD/2023/60 އިޢުލާނާއި ގުޅިގެން ޝަރުތު ހަމަވާ ފަރާތްތަކުން މި ހޮސްޕިޓަލަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑު ކަމަށް މި ހޮސްޕިޓަލަށް ޤަބޫލު ކުރެވޭތީ، ކުރެވިފައިވާ އިޢުލާން ބާތިލުކުރުމަށްފަހު އަލުން ކުރެވޭ އިޢުލާނެކެވެ.

ވީމާ، މި މައްސަކަތް ކުރުމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 17 މޭ 2023 ވާ ބުދަ ދުވަހުން ފެށިގެން 28 މޭ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
  3. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  4.  މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 17 މޭ 2023 ވާ ބުދަ ދުވަހުން ފެށިގެން 29 މޭ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)

  • ތާރީޚް: 31 މޭ 2023 (ބުދަ ދުވަސް)
  • ގަޑި: 11:00 ގައި
17 މޭ 2023
ހޯދާ