ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި ކޯޓުގެ ނަންބަރު A9-MC/2015/01 (ޖަނަވަރީ 11، 2015) ގެ އިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވިފައި ނުވަތީ، އެ އިޢުލާން ބާޠިލުކޮށްފައި އަލުން އިޢުލާނުކުރަމެވެ.
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް: ޖީ.އެސް 3 |
އަދަދު |
1 (އެކެއް) |
|
މަސައްކަތް ކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓް / ހއ. ވަށަފަރު، ދިވެހިރާއްޖެ |
|
އަސާސީ މުސާރަ |
-/4465 (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
|
މި މަޤާމަށް ލިބޭ އެލަވަންސް |
- ސަރވިސް އެލަވަންސް -/1500 ރުފިޔާ. - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 |
|
އިތުރު ގަޑި |
މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. 2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ.އެސް 2 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. |
|
ހުށަހަޅަންޖެހޭ ތަކެތި |
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) |
|
ސުންގަޑި |
2015 ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ވަށަފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށްއެދޭ ފޯމް، ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30ން 15:00 ށް މި ކޯޓުން ލިބެން ހުންނާނެއެވެ. - އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 6500507 ނަންބަރު ފޯނަށެވެ. |
29 ރަބީޢުލްއައްޥަލް 1436