ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކޯޓުގެ ނަންބަރު IUL)-A14-MC/2015/01 (ޖަނަވަރީ 11، 2015) އިޢުލާން ގެޒެޓް ކުރެވިފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާނުކުރަމެވެ.
މަޤާމް: ވޮޗަރު (ދާއިމީ)
ވަޒީފާ އަދާކުރަންޖެހޭ ތަން: ހއ. އުތީމު މެޖިސްޓްރޭޓް ކޯޓް
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1
ރޭންކް: އެސް.އެސް 1
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)
އެލަވަންސް: މި މަޤާމަށް ސަރވިސް އެލަވަންސްގެގޮތުގައި -/1000 (އެއްހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 (ވިހި ޕަސެންޓް) ލިބޭނެއެވެ. މީގެ އިތުރުން، ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ، ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
އިތުރުގަޑި: މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފަށް، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު، ލިބިފައިވާ ސެޓްފިކެޓްތަކުގެ (އެޓެސްޓްކޮށް، އެކްރިޑެޓްކޮށްފައިވާ) ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއެކު، 2015 ޖަނަވަރީ 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ. ފޯމް ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
29 ރަބީޢުލްއައްޥަލް 1436