މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023-2024 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިން ވެއްދުން
2023-2024 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިންވެއްދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފީމެވެ. ޕްރީސްކޫލަށް ކުދިންވައްދާ އުމުރުފުރާތައް ތިރީގައި މިވަނީއެވެ.
- ނާސަރީއަށް ވަދެވޭނީ 2023 އޯގަސްޓް 1 އަށް އުމުރުން 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން
- ބޭބީ ނާސަރީއަށް ވެއްދޭނީ 2023 އޯގަސްޓް 1 އަށް އުމުރުން 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން
އެހެންނަމަވެސް 2023 އޯގަސްޓް 1 އާއި 2023 ޑިސެމްބަރ 31 އާ ދެމެދު، 2 އަހަރު ފުރޭ ކުދިންނަށް ސްކޫލަށް ވައްދަންއެދޭ ތާރީޚަށް ކުއްޖާއަށް 2 އަހަރު ފުރޭނަމަ ސްކޫލަށް ވައްދައިދެވޭނެއެވެ.
ވީމާ، 2024-2023 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ވައްދަން އެދޭ ފޯމް ފުރުއްވައި 15 ޖޫން 2023 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިޢިދާރާގެ ކައުންޓަރ އިން ލިބެންހުންނާނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 މޭ 2023
ހޯދާ